ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ޤައުމީ ސަލާމަތީ ބީރު، އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސް ވާނެކަމަށް ގައުމީ މޫސުމާބެހޭ އިދާރާ، މެޓުން ލަފާކޮށްފައިވާ ކަމަށެވެ. އަދި މުޅިރާއްޖެއަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓުން ލަފާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެހެންވެ ކަނޑުމަގުން ކޮންމެހެން ކުރާން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް އެމްއެމްޑީއެފުން އިލްތިމާސް ކުރިއެވެ.
ހަމައެއާައެކު ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ދަތުރުކުރާ އުޅަނދުތަކުން ލައިފް ޖެކެޓާއި، މުވާސަލާތީ ނިޒާމު ހުރީ ރަނގަޅަށްތޯ ޗެކް ކުރަން ޖެހޭނެ ކަމަށެވެ. އަދި އުޅަނދަށް މުދާ އެރުވުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް މުދާ އަރުވައި އުޅަނދު ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރިއެވެ.
އަދި ދަތުރު ފެށުމުގެ ކުރިން ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރުކުރަންވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު