ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި މި މައްސަލާގައި ބުނީ އާންމު ރައްޔިތުންނަށް ބޭސް ލިބުން އިންތިހާއަށް ދަތިވެފައި މިވަނީ، އާސަންދަ ރިފޯމް ކުރުމުގެ ނަމުގައި، އެއްވެސް ރޭވުންތެރިކަމެއް ނެތި ސަރުކާރުން ނިންމި ނިންމުންތަކެއްގެ ސަބަބުން ކަމަށެވެ.

އަދި ސީދާ ސަރުކާރުން ޔޫރަޕުގެ މޮޅު ބޭސް ގެންނާނެ ކަމަށް ބުނެ، ބޭސް އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހުވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބޭސް އެތެރެކުރުމަށް ނުކުޅެދިފައި ވާކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކުއްލި މައަސަލަ ހުށަހެޅީ މިއީ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމަކަށްވެފައި، މުޖްތަމައުގެ މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމުގައި ވާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މަޖިލީސް މެމްބަރުންގެ ހިޔާލު ހޯދުމަށް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދިނީ 11 މެންބަރުންނެވެ. ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ 36 މެންބަރުން ވޯޓުން ދިނީ އެ މައްސަލަ ބޭރުކޮށްލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް