ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ލޭގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ބައެއް ސާމާނު ނެތުމުގެ ސަބަބުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ބައެއް ފަރާތްތަކަށް ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކެއް ނުހެދުނު ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލައިދިނުމަށް އެދި ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝާކިރެވެ. މިކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް މެންބަރު ޝާކިރު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އުމުރުން 18 އަހަރުގެ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ ކުއްޖަކަށް ކޮންމެހެން ހަދަންޖެހޭ ޓެސްޓުތައް އައިޖީއެމްއެޗުން ނުހެދޭނެކަން އަންގާފައިވާ ކަމަށެވެ.
ހަމައެއާއެކު ޝާކިރުގެ ސިޓީގައި ބުނެފައިވަނީ، އައިޖީއެމްއެޗުން އެކަން އަންގާފައިވަނީ އެ ކުއްޖާއަށް ފަރުވާއެއް ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހެދޭތޯ ޔަގީންކުރުމަށްފަހު، އެ ފަރުވާގެ ޓެސްޓު ހެދުމަށް ނަންބަރު ނަގައި، 200 އަށް ވުރެ ގިނަ މީހުންގެ ކިޔޫއަކަށް ފަހު ލޭ ނަގަން ދިޔަ ވަގުތު ކަމަށެވެ.
އެ ސިޓީގައިވާ ގޮތުން، މިވަގުތު އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލިތިއަމް ޓެސްޓް ހެދުމަށް ބޭނުންވާ ރީއޭޖެންޓެއް ނެތެވެ. މީގެ އިތުރުން، ޕެޓްރިޑިޝް އާއި ސްޓްރޯކް ޖެހޭ ބަލި މީހުންގެ ލޭ ދިޔާކުރުމަށް ބޭނުންވާ މުހިންމު ބޭސްވެސް ރާއްޖޭގައި ނެތް ކަމަށް ޝާކިރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން އެމައްސަލަ މަޖިލީހުގެ ކޮމިޓީން އިތުރަށް ބައްލަވައި އައިޖީއެމްއެޗްގެ ވެރިންގެ ކިބައިން އެކަމުުގެ މަޢުލޫމާތު ހޯއްދެވުމަށް ޝާކިރުގެ ސިޓީގައި ވަނީ އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު