ލަންކާގައި ފެންބޮޑުވެފައި-
ލަންކާގައި ފެންބޮޑުވެފައި-
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ޙާލަތުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔަ ސަރަޙައްދެއްގައި ތިބި ދިވެހި ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މިއަދު އެހީތެރިކަން ފޯރުކޮށްދީފައިވަނީ، މާލަބެ ޑިސްޓްރިކްޓުގައި ދިރިިއުޅެމުން އަންނަ ދިވެހި މަންމައަކާއި ދަރިފުޅަކަށެވެ. އެ ދެމައިން ދިރިއުޅެމުން އަންނަ ސަރަޙައްދަށް މޫސުން ގޯސްވުމުގެ ސަބަބުން، ބިންގަނޑު ކަނޑައިގެން ގޮސް، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެ އާއިލާ މިހާރު ވަނީ ހައި ކޮމިޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މީހުންނަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ފޯރުކޮށްދެމުން ދާކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ޠޫފާން "ދީތުވާ"ގެ ސަބަބުން ލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިސާއާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ދިވެހި އާއިލާތަކުން ވީހާވެސް އަވަހަކަށް ކޮމިޝަނަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް، ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ލަންކާގައި އުޅޭ ދިވެހީން، ލަންކާ ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް ޢަމަލުކުރުމަށް ވެސް ހައި ކޮމިޝަނުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް