ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު އަދި ގާޒީ އަބްދުﷲ އިހުސާން-
ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު އަދި ގާޒީ އަބްދުﷲ އިހުސާން-
ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

އެ ދެ ގާޒީންނަކީ ގާޒީ ހާފިޒާ އަބްދުއްސައްތާރު އަދި ގާޒީ އަބްދުﷲ އިހުސާނެވެ. މި ދެ ގާޒީގެ މައްސަަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ މުވައްޒަފުންތަކެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގާޒީ ހާފިޒާއާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކީ މުވައްޒަފުންނާ މުއާމަލާތް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ހުށަހެޅި މައްސަލައެކެވެ.

އަދި ގާޒީ އިހުސާންއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ މުވައްޒަފުންނަށް ފުރައްސާކުރިކަމަށް ތުހުމަތުވާ މައްސަލައެކެވެ.

ސިވިލް ކޯޓުގެ މުވައްޒަފުންނާ މެދު ތަފާތުކުރުމާއި، މުވައްޒަފުން ނެގުމުގައި ބައެއް ގާޒީން ނުފޫޒު ފޯރުވާކަމަށް ބުނެ މީގެ ކުރިންވެސް ޖޭއެސްސީއަށް މުވައްޒަފުންގެ ބަޔަކު އިސްނަގައިގެން މައްސަލަ ހުށަހަޅާފައި ވެއެވެ.

ގާޒީ ހާފިޒާއާ ގުޅޭ ގޮތުން ވެސް މިއީ މިފަދަ މައްސަލައެއް ހުށަހެޅުނު ދެވަނަ ފަހަރެވެ. ކުރިން ހުށަހެޅި މައްސަލާގައި މުވައްޒަފުން ބަޔާން ނުދިނުމުން މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމީއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް