މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު މުދާ އުފުލާ ބޯޓެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރިކަން ސާބިތުވި މީހަކު އުމުރަށް ޖަލަށްލައި 100,000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މިމައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ ނޯތު ހާބަރުން އެމީހާ ހުއްޓުވައި ބަލާފާސްކުރުމުގެ ތެރެއިން 50 ގްރާމްގެ ޑައިމޯފިން ހުރި ކަރުދާސް ކޮތަޅެއް ފެނިފައިވެއެވެ.
އެމީހާ ވަނީ ކޯޓުގައި ދައުވާއަށް އިންކާރުކޮށް، ޖީބުން ފެނުނު ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި އެއީ ގޮތް ނޭނގޭ މީހަކު ކުޅުދުއްފުއްޓަށް ގެންދިއުމަށް ހަވާލުކުރި އެއްޗެއް ކަމަށް އެމީހާ ބުނެފައިވެއެވެ.
ނަމަވެސް ކޯޓުން ވަނީ، މަސްތުވާތަކެތި ހުރި ކޮތަޅަކީ އެއްވެސް ގޮތަކަށް ބަންދުކޮށްފައި ނެތް ކަރުދާސް ކޮތަޅެއް ކަމަށާއި، ކޮތަޅުގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ފޯނު ނަންބަރެއް ނެތްކަން ފާހަގަކޮށްފައެވެ.
އެހެންކަމުން، ކުޅުދުއްފުށީގެ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ނިންމަވާފައިވަނީ، މަސްތުވާތަކެތި އޭނާގެ ޖީބުގައި އޮތީ އޭނާގެ އެނގުމާއި ހިޔާޒަތުގައިކަން ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
މި ހުކުމްގައި ޖޫރިމަނާގެ އެއްލައްކަ ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު