ކްރިމިނަލް ކޯޓުގެ ޤާޟީ ހުސައިން ފާއިޒް ރަޝާދު، މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފިއެވެ.
ޤާޟީ ފާއިޒް މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.
ޖޭއެސްސީން ބުނެފައިވަނީ، ފުލުހުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުގައި ޤާޟީ ފާއިޒް ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.
އަލީ އަންވަރަކީ މީގެ ކުރިން 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވިފައިވާ މީހެކެވެ. އޭނާ ކޯޓުން ދޫކޮށްލުމުން ލަންކާއަށް ފުރައިގެން ދިޔުމަށްފަހު، ފުލުހުންގެ މަސައްކަތުން ޑީޕޯޓްކޮށް ރާއްޖެ ގެނެސް އަލުން ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިހާރު ވަނީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފައެވެ. އަދި، އައިޖީއެމްއެޗްގެ ނަރުސް މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ، ގާޒީ ފާއިޒް ދެ ފަހަރަކު ބަންދުން ދޫކޮށްލި ނަމަވެސް، އެ ދެ ނިންމުން ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
މީގެ ކުރިން 2021 ވަނަ އަހަރު ވެސް އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ލީކުވި އޯޑިއޯތަކާ ގުޅިގެން ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ އަޑު ދިމާނުވާތީ އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.
ފާއިޒް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަޤާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު