އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ 58 ދާއިރާއެއްގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމަށް އެ ޕާޓީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގައެވެ.
މި ގުރުސަތުގައު އިންތިހާބުގައި ވާދަކުރަން އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ހުށައަޅާފައިވަނީ 58 ދާއިރާއަކުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީއަށް 30 އަށް ވުރެ ގިނަ ރަށުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި ޕްރައިމަރީގައި 24،216 މީހަކަށް ވޯޓުލުމުގެ ހަައްގު ލިބިގެންވާކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އެޕާޓީން ވަނީ އިއްޔެ ހުޅުވާލާފައެވެ. އަދި މިމަހުގެ 30 ގައި ޕްރައިމެރީ އޮންނާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު