މަޖަލަކަށް ވިޔަސް، ރުޅިން ވިޔަސް ސަރީޙަ ލަފްޒަކުން ވަރިކޮށްފިނަމަ ވާނީ ވަރިއަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.
ފާއިޒް މިހެން ވިދާޅުވީ، ރުޅި އައިސްގެން އަނބިމީހާއާ ދިމާލަށް، "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، ވަރިކުރުމަށް ފަހު، ވަރި ސާބިތު ކުރަން ހުށަހެޅުމުން، އެ ވަރި ސާބިތު ނުވާ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފާއިޒް ވިދާޅުވީ، ޞަރީޙަ ލަފުޒަކުން ވަރިކޮށްފިނަމަ ޖުމްހޫރުންގެ އަރިހުގައި އެވާނީ ޤަޠުޢި ވަރިއަކަށް ކަމަށެވެ. އަދި މި ހާލަތުގައި ނިޔަތަށް ބަލަން ނުޖެހޭނެ ކަމަށާއި، ދިވެހި ބަހުގައި 'ވަރި' އަށްވުރެ ޞަރީޙަ އެހެން ލަފްޒެއް ވަރިކުރުމަށް ނޯންނަ ކަމަށް ފާއިޒް ވިދާޅުވިއެވެ.
"ވަރިކުރުމަށް 'ވަރި' އަށްވުރެ ޞަރީޙަ ލަފުޒެއް ދިވެހި ބަހުގައި ނޯވެއެވެ. ދެން އޮތީ ވަރިކުރި ހާލަތެވެ. ޝަރުޢުގެ ނަޒަރުގައި މަޖަލަކަށް ވަރިކުރިއަސް ވަރިއެކެވެ. ރުޅި އިސްވާ ހާލަތުގައި ވަރިކުރިއަސް ވަރިއެކެވެ. ރުޅި އިސްވާ ހާލަތަކީ ބުއްދި ފިލާދާ ހާލަތެއްކަމަށް ވަރީގެ މައްސަލައިގައި ޝަރުޢު ނުދެކެއެވެ." ފާއިޒް ވިދާޅުވިއެވެ.
ފާއިޒް މިހެން ވިދާޅުވެފައިވާއިރު، ފެމެލީކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، ރާއްޖޭގެ ގާނޫނުތަކުގައި ރުޅި އައިސްގެން ވަރިކުރުމާ ގުޅޭ އެއްޗެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިސްލާމީ ފިގުހުތަކުގެ ނިންމުންތަކައް ރިއާޔަތްކުރަން ޖެހޭކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
އެގޮތުން ފިގުހީ އިލްމުތަކުން އެނގޭގޮތުގައި ރުޅީގައި ތިން ދަރަޖައެއްވާކަމަށް ޤަޟިއްޔާގެ ރިޕޯޓްގައިވެއެވެ. އެގޮތުން ފުރަތަމަ ދަރަޖައިގެ ރުޅިއަކީ، ރުޅި އައިނަމަވެސް ވަށައިގެންވާ ހުރިހާކަމެއް އެނގުމާއި އަމިއްލަ ނަފުސުގެ މައްޗަށް ކޮންޓްރޯލް އޮތުންކަމަށް ގާޒީ ވިދާޅުވިއެވެ. އެ ހާލަތުގައި ވަރީގެ އިބާރަތެއް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ރުޅީގެ ދެވަނަ ދަރަޖައަކީ، ރުޅި އަންނައިރު ވަށައިގެން ހިނގާ ހުރިހާ ކަމެއް އެނގުނު ނަމަވެސް އަދި އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ނުދިޔަސް، ރުޅި އައިސްފައިވާ މީހާ ބޭނުންވާ ގޮތާ ހިލާފަށް ބަސްތައް ބުނެވުންކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ރުޅީގެ ދެވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކޮށްފިނަމަ ވަރިވާނެ ކަމާމެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާކަމަށް ފެމިލީ ކޯޓުން ބުންޏެވެ. ބައެއް އިލްމުވެރިން ދެކޭގޮތުގައި އެފަދަ ހާލަތުގައި ހުރެ ބުނާ ވަރި ބަހުގެ ސަބަބުން އަނބިމީހާ ވަރިވާނެއެވެ. ނަމަވެސް އަނެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ހާލަތުގައި ހުރެ ދައްކާ ވާހަކައެއްގެ ސަބަބުން އެ މީހާގެ އަނބިމީހާ ވަރިއެއް ނުވާނެއެވެ.
ރުޅީގެ ތިންވަނަ ދަރަޖަ ތަފުސީލު ކޮށްދެމުން ފެމިލީ ކޯޓުން ބުނީ އެފަދަ ރުޅިއެއްގައި ހުންނަ މީހާއަށް ވަށައިގެން ހިނގާ ކަންކަން ނޭނގޭނެ ކަމަށާއި އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް ބާރެއްވެސް ނުފޯރުވޭނެ ކަމަށެވެ. ރުޅީގެ ތިންވަނަ ދަރަޖައިގައި ހުރެ ވަރީގެ އިބާރަތް ބޭނުންކުރި ނަމަވެސް ވަރިނުވާނެ ކަމަށް ރިޕޯޓްގައި ވެއެވެ.
އެހެންކަމުން ފިރުހެން މީހާގެ ހުވާގެ މައްޗަށް ބުރަވެ، ފެމިލީ ކޯޓުން ނިންމީ ވަރި ސާބިތު ނުވާ ކަމަށެވެ.
މި ޙުކުމާއި ގުޅިގެން ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، ފެމިލީ ކޯޓުން ނިންމެވި ނިންމުމަކީ އާދަޔާ ޚިލާފު ގޮތަކަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެއީ އިސްލާމީ ޝަރީޢާ އަދި ދިވެހިރާއްޖޭގެ ޤާނޫނުތައް އެގޮތަށް ހުއްދަކުރާތީ ނިންމަވާފައިވާ ނިންމުމެއްކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު