މާލޭ ސިޓީ
މާލޭ ސިޓީ
ލޯބިވެރިޔާއަށް ހަމަލާދިން 32 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ބުނީ މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 10:05 ހާއިރު ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މިދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.

މި މައްސަލާގައި އަންހެން މީހާގެ ބަންދު މުއްދަތު ޖަހާފައިވާއިރު، މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު