މިހާރު ކުރާ އުންމީދަކީ ދަތުރުފަތުރުގެ ނިޒާމަކުން އައްޑޫ ސިޓީއާއި އެފްރިކާ ބައްރު ގުޅުވާލުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރަން ފަށާފައިވާ ކާގޯ ފެރީ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް މުދާ ބޭލުމަށްފަހު މާލޭގައި މިހާރު ބަނދަރުކޮށްފައި ވާއިރު މިމަމަށް އިޝާރާތް ކުރަށްވައި މެމްބަރު އަހުމަދު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރެވޭ އުންމީދަކީ ތާވަލް ކުރެވިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން އިންޑިޔާގެ ކޮޗިން އާއި އައްޑޫ ސިޓީ ގުޅުވާލުން ކަމަށެވެ. އަދި އައްޑޫ ސިޓީ އަކީ އެފްރިކާ ބައްރާއި ދިވެހިރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒިލަކަށް ވުމަކީ އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އުއްމީދަކީ އައްޑޫ ސިޓީ އަކީ އެފްރިކާ ބައްރާއި ދިވެހިރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒިލަކަށް ވެގެން ދިއުން." އަހުމަދު ރަޝީދު ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަށާފައިވާ ފެރީގެ ޚިދުމަތުގެ ދަށުން ކާގޯ ފެރީ ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިންޑިއާގެ ކޮޗިން އިން ފުރައިގެން އައި އެ ބޯޓު ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައި ވަނީ 500 ޓަނުގެ މުދަލާއިއެކުއެވެ.
މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2 ނުވަތަ 3 ދަތުރު ކުރާނެ ކަމަށާއި، މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އިންޑިއާގެ މި ކާގޯ ބޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މިހާާރު ކުރެވޭ އުއްމީ ދަކީ؛ ތާވަލް ކުރެވިފަވާ ދަތުރުފަތުރުގެ ނިޒާމަކުން އިންޑިޔާގެ ކޮޗިން އާއި އައްޑޫ ސިޓީ ގުޅުވާލެވި، އައްޑޫ ސިޓީ އަކީ އެފްރިކާ ބައްރާއި ދިވެހި ރާއްޖެ ގުޅުވާލަދޭ އިގުތިސާދީ މަންޒި ލަކަށް ވެގެން ދިޔުން. pic.twitter.com/iSImPwQ2Rt
— Ahmed Rasheed MDP (@AraairuRasheed) September 28, 2020
ރާއްޖެއާއި އިންޑިއާއާއި ދެމެދު ފަށާފައިވާ ފެރީގެ ޚިދުމަތުގެ ދަށުން ކާގޯ ފެރީ ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިންޑިއާގެ ކޮޗިން އިން ފުރައިގެން އައި އެ ބޯޓު ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައި ވަނީ 500 ޓަނުގެ މުދަލާއިއެކުއެވެ.
މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2 ނުވަތަ 3 ދަތުރު ކުރާނެ ކަމަށާއި، މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އިންޑިއާގެ މި ކާގޯ ބޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު