ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
މިއަދަކީ ކަޅު ދުވަހެއް ކަމަށާއި، ކިތަންމެ ބައިވަރު އިންޑިއާ ސިފައިންނެއް ރާއްޖޭގައިި ތިއްބަސް އެމީހުން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ހަދިޔާކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އުމަރު ވަނީ މިއަދަކީ ކަޅު ދުވަހެއް ކަމަށާއި މި ނުރައްކަލުގެ ވާހަކަ އޭނާ ދައްކަވަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިޙުސާސް ކުރެއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

"ހަދިޔާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަނދާ 200 ސިފައިންނަށް ބަދަލުވީ. ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން." އުމަރު ވިދާޅުވިއެވެ.

މިއަދަކީ އަނެއްކާ ކަޅު ދުވަހެއް. މި ނުރައްކަލުގެ ވާހަކަ އަޅުގަޑުމެން ދައްކަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި...

Posted by Umar Naseer on Tuesday, September 29, 2020


މިއަދު ގެނައި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށް އިންޑިއާ އެމްބަސީން ވަނީ ބުނެފައެވެ. އެގޮތުން މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައި ކަމަށާއި، މި ބޯޓުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިން ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގާ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކުގައި އެހީވުމާއި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ ބުނެފައެވެ.

2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާން ކުރަށްވައި މިހާރުވެސް ކެމްޕޭން ކުރަށްވަމުން ގެންދަވާ އުމަރު ނަސީރަކީ މި ސަރުކާރާއި އިންޑިއާއި ދެމެދުގައި އޮންނަ ގުޅުން ތަފާތު ގޮތްގޮތަށް ސިފަކުރަށްފައި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ސަމީރު

04-Oct-2020

ޢުމަރު ނަޞީރަށް ހުވަފެނުގައި ވެރިކަމަށް އާދެވިދާނެ.


-9

1828

30-Sep-2020

ފުރަތަމަ ސުވާލަކީ އުމަރު ނަޞީރަށް ރާއްޖޭގެ ވެރިކަމަށް އާދެވިދާނެ ތޯ?


5

މަންޑޭލާ

30-Sep-2020

ޢުމަރަށް އެކަނި މިކަންވާނީ. ޔާމީނެއް އަންނިއެއް މައުމޫނެއް ނޫން. ދޭހެވް ބީން ޓެސްޓެޑް. އެންޑް ފެއިލްޑް ބިގް ޓައިމް.



ޓްރެންޑިން