އައިޖީއެމްއެޗްގައި ހިންގަމުންދާ ސަރުކާރުގެ އަައިނު ފިހާރައިން ހުރިހާ ފައިދާއެއް ނަގަނީ ލަންކާ ބަޔަކު ކަމަށްބުނެ، އައިނުގެ ވިޔަފާރި ކުރަމުންދާ ދިވެހި ވިޔަފާރިވެރިއަކު ރޭ މިވަނީ އެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
އައިނު ވިޔަފާރީގައި 3 އަހަރު އުޅެފައިވާ މި ވިޔަފާރިވެރިޔާ އެކަން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އައި.ޖީ.އެމް.އެޗް ގައި ހުޅުވައި ދެއްވި މިއައިނު ފިހާރައިން ފުރަތަމަ ހަަތަރު މަސް ތެރޭ، އައިނު ހެއްދުމަށް މުޅި ޖުމްލަ 47 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރޭގެ ބައްދަލުވުމުގައި ވިޔަޔާރިވެރިޔާ ބުނެފައިވަނީ، އައި.ޖީ.އެމް.އެޗް. ގައި އައިނު ފިހާރައެއް ހުޅުވުމަކީ މައްސަލައެއް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ. އަދި އެއީ ވާދަވެރިކަން އިތުރުވެ، ވިޔަފާރިއަށް ލިބޭ ކުރިއެރުމެއް ކަމަށް ދެކޭކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް، މިފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި ހަމަހަމަ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަންޖެހޭކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން ހިތާމަޔާއެކު އޭނާ ބުނެފައިވަނީ، އައި.ޖީ.އެމް.އެޗް. ގައި އައިނު ވިޔަފާރި ކުރަމުންދަނީ ލަންކާގެ ބަޔަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އާސަންދައިގެ ދަށުން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އައި.ޖީ.އެމް.އެޗް. އިން އައިނު ހަދަމުންދާއިރު، އެ ހުރިހާ ފައިސާއެއް ލަންކާއަށް ދާކަހަލަ އުސޫލަކުން އޮތުމަކީ ހިތާމަވެރި ކަމެއް ކަމަށާއި، މިއީ ކުރިއަށް އޮތްތަނުގައި އިސްލާހު ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް މިއީ މީގެކުރިން މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ނޫނެވެ.
"ހިތާމައާއެކު ދަންނަވާލަންޖެހޭ، އައިޖީއެމްއެޗުގައި އައިނު ވިޔަފާރި ކުރެވޭ އިރުގައި، ލަންކާ ބަޔަކު މިކަން ކުރާކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި މިއޮންނަނީ. އާސަންދައިގެ ދަށުން އައިނު ވަރަށް ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން މިހާރު ހައްދަނީ އައިޖީއެމްއެޗުގައި. އެހުރިހާ ފައިސާއެއް ލަންކާއަށް ދާކަހަލަ އުސޫލަކުން އޮތީމަ އަޅުގަނޑުމެންނަށް ހީވަނީ އެއީ ވަރަށް ހިތާމަވެރިކަމެކޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރިއަށްއޮތް ތަނުގައިވެސް ސަމާލުކަންދީގެން އިސްލާޙު ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރަނީ." ވިޔަފާރިވެރިޔާ ބުނެފައިވެއެވެ.
އޭގެއިތުރުން މިފަދަ ބަދަލެއް ގެނައުމުގެ ކުރިން ދިވެހި ވިޔަފާރިވެރިންނާ މަޝްވަރާ ނުކުރީ ކީއްވެގެންތޯ އޭނާ ސުވާލު ކޮށްފައިވެއެވެ. އަދި މީގެކުރިން އާސަންދައިގެ ދަށުން އައިނު ހައްދަން ލިބެނީ އެއްހާސް ރުފިޔާ ކަމަށްވިޔަސް މިހާރު އައިނަށް ލިބޭ އަދަދު ދެހާސް ރުފިޔާއަށް ބަދަލުވެފައިވާތީ، ދިވެހި ވިޔަފާރިވެރިންނަށްވެސް ވަކި ލެވެލްއެއްގެ އައިނުތައް ރައްޔިތުން އަތުން އިތުރު ފައިސާއެއް ނުނަގައި ދެހާސް ރުފިޔާގެ ރޭޓުން ހިލޭ ދެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ހަމައެއާއެކު އޭނާއަކީ އައިނު ވިޔަފާރި ފަށައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ފަރާތެއް ކަމަށާއި، އައި.ޖީ.އެމް.އެޗުން އައިނު ވިޔަފާރި ކުރުމުގެ ފުރުސަތު ލަންކާ ބަޔަކަށް ދިނުމުގެ ބަދަލުގައި، ދިވެހި ވިޔަފާރިވެރިއަކަށް އެ ފުރުސަތު ދިންނަމަ މާ ރަނގަޅުވީސް ކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.
"އަޅުގަނޑުމެން ތެރޭގައި އެބަ ތިއްބެވި މިސާލަކަށް އައިކެއަރ ކަމަކުގަ ވިޔަސް އެބަ ތިއްބެވި ހަމަ އެކަން ވަރަށް ރަނގަޅަށް ވަރަށް ސްޓޭންޑަޑްގަ ކުރަށްވާ ފަރާތްތައް. އޭގެން ބަޔަކަށް އެކަން ދެއްވި ނަމަވެސް މާ ރަނގަޅެއް ނޫންތޯއޭ ލަންކާ ބަޔަކު ލައްވައި އެކަން ކުރެއްވުމަށް ވުރެން." ވިޔަފާރިވެރިޔާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރޭގެ ބައްދަލުވުމުގައި އޭނާ ވަނީ މި މައްސަލައިގެ އިތުރުން އާސަންދަ ކުންފުނީގެ ގިނަ މައްސަލަ ތަކެއްވެސް ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ. މި މަސައްކަތް ފެށުނުއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ އާސަންދަ އާއި ގުޅުންހުރި މައްސަލަތައް ކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން ފުރަތަމަ އައިނު ފިހާރަ އާސަންދައިގައި ރަޖިސްޓްރީ ކުރެވިފައިވާތީ، އެ ފިހާރައިން މިހާރު އާސަންދައިގެ ދަށުން އައިނު ދޫކުރެވުނު ނަމަވެސް ދެވަނަ ފިހާރައިން އާސަންދައިގެ ދަށުން އައިނު ދޫކުރުމުގެ ފުރުސަތު އެއްބަސްވުން ހަދައިގެން ފެށިފައި ނުވާކަން އޭނާ ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އާސަންދައިގެ ދަށުން ތަންތަން ރަޖިސްޓްރީ ކޮށްދިނުން އަލުން ފަށާފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ބޮޑަށް ލަސްކޮށް ކަމަށް އޭނާވަނީ ބުނެފައެވެ. އޭގެއިތުރުން އޭނާގެ ކްލިނިކްގެ އޮޕްޓޮމެޓްރިސްޓުންގެ ނަންބަރަށް އާސަންދައިން އައިނު ނުލިބުމުގެ މައްސަލަވެސް އޭނާ ޙިއްސާ ކޮށްފައިވެއެވެ.
އޭނާ ބުނީ، އާސަންދައިގެ އުސޫލު އޮންނަގޮތުން އާސަންދައިގެ ދަށުން އައިނު ލިބެނީ ހަމައެކަނި ހޮސްޕިޓަލަކުން ނަންބަރެއް ނެގުމުން ކަމަށާއި، ނަމަވެސް އޭނާގެ ފިހާރައިގައިވެސް ތިބެނީ ހެލްތް މިނިސްޓްރީން ހުއްދަ ދެއްވާފައިވާ، އިންޓަވިއުއާއި ޓެސްޓުތަކުން ފާސްވެފައިވާ ކޮލިފައިޑް އޮޕްޓޮމެޓްރިސްޓުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާގެ އައިނު ފިހާރައަކީވެސް ކްލިނިކެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަމަށް އޭނާ ބުނެފައިވެއެވެ.
ހަމައެއާއެކު މާލޭގައި ހުރި ހުރިހާ ކްލިނިކްތަކުގައި ތިއްބަވާ ޑޮކްޓަރުން ދެއްވާ ޓެސްޓުތަކާއި، ބޭސްތައް އާސަންދައިގެ ދަށުން ލިބޭއިރު، އޮޕްޓޮމެޓްރިސްޓުން ދެއްވާ ނަންބަރަށް އައިނު ނުލިބޭ ސަބަބަކާމެދު އޭނާ ސުވާލު އުފައްދާފައިވެއެވެ. މި މައްސަލަ އާސަންދައިގެ ވެރިންނާއި ހިއްސާކޮށް، އެންސްޕާގެ ވެރިންނާވެސް މަޝްވަރާކޮށްފައިވީ ނަމަވެސް، މިކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.
"ހަމަ އެއްވެސް ހައްލެއް މި ކަމަކަށް ނާދޭ. އެހެންވެ އަޅުގަނޑު ދަންނަވަން ބޭނުންވަނީ ހަގީގަތުގަ ހަމަހަމަ އުސޫލެއް ޚާއްސަކޮށް ކުދި ވިޔަފާރިތައް ކުރައްވާ ބޭފުޅުންނަށްވެސް ކުރިއަރައިގެން ދެވޭނެ އުސޫލެއް ނޫނީ ޕޮލިސީތަކެއް އެބޭފުޅުން އެބަޖެހޭ ތަންފީޒު ކޮށްދެއްވަން." ވިޔަފާރިވެރިޔާ ފާހަގަ ކޮށްފައިވެއެވެ.
ރޭގެ ބައްދަލުވުމުގައި، ވިޔަފާރިވެރިން ވަނީ ކުދި ވިޔަފާރިތަކަށްވެސް ކުރިއަރައިގެން ދެވޭނެ ހަމަހަމަ އުސޫލުތަކާއި ސިޔާސަތުތައް ތަންފީޒު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު