ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު (ވ) އަދި ފިރިކަލުން ޢަބްދުﷲ ޖާބިރު (ކ)
ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު (ވ) އަދި ފިރިކަލުން ޢަބްދުﷲ ޖާބިރު (ކ)
ހިތުގެ ދުވަހުވެސް ހިތަށް ލިބެނީ އަނިޔާކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން ޖެހޭ ކަމަށް ވަގުތީ ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ހަބަރެއް ރީޓްވީޓް ކުރައްވާ ދިޔާނާ ވިދާޅުވީ ހިތަށް އަނިޔާ ލިބޭ އެންމެ ބޮޑު އެއްކަމަކީ އަމިއްލަ ބިން އޮވެމެ މުޅި އުމުރު ކުލި ދައްކާލަ ދައްކާލާ ތިބެންޖެހުން ކަމަށެވެ. އަދި އެކަމުގެ ސަބަބަުން ވަރަށް ޕްރެޝަރު ބޮޑުވެ، ހިތައް އަނިޔާ ލިބޭ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

"މި މަރުކަޒް ކުރުން ހުއްޓާލަން ޖެހޭ. މިއާއެކީ އަޅުގަނޑުމެން ނިކަމެތިކޮށް ގައިގަ އެޅުވި ކަސްތޮޅު ނައްޓުވަންޖެހޭ. މިއީ ނަސްލީ އިމްތިޔާޒާ އެއްފަދަ ކަމެއް. މިއީ ގައުމެއްގެ ތެރޭ ރައްޔިތުންނާއިމެދު ކުރަމުން އަންނަ ތަފާތު. ހުތުރުކަންބޮޑު ލަދުވެތި އަމަލެއް." ދިޔާނާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވަޢުދު ކަމަށްވާ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމުގައި ލަސްވެފައިވާކަމަށް ބުނެ، ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން ސަރުކާރަށް،އ ޚާއްސަކޮށް މިނިސްޓަރ އަސްލަމަށް ވަނީ އަމާޒުވެފައެވެ. އަދި "ނޯ ގޯތި - ނޯ ވޯޓް" ގެ ނަމުގައި އެމްޑީޕީގެ ލީޑަރޝިޕާ ދެކޮޅަށް މާލެއަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް ޢާއްމު މެމްބަރުން މަދަނީ ބަސްނޭހުމެއް ކުރިއަށް ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

މުފީދު

04-Oct-2020

ނޯ ގޯތި ނޯވޯޓު މިފަހަރުގެ ޝެއާރަކީ އެއީކަމައް ހަދަންމާ މަތާއީދު


1

މުހުސިނު

30-Sep-2020

ޢަޅުގަޑަށް ވަރަށް އުދަގޫ ދިޔާނާ ވިދާޅުވިއޭ ބުނަން ދިޔާނާ ބުންޏަސް ބަރާބަރު ވާހަކައެއް އެބުނީ މާލެ މިހުން އެއަށް ވިސްނުން ވަރަށް މުހިއްމު



ޓްރެންޑިން