އައްޑޫސިޓީގައި ހިންގޭ އެކިއެކި ތަރައްޤީގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ކަންތައްތައް ހިމަނައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގެ ދަށުން އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މަޝްވަރާ ކޮށްފިއެވެ.
އޭޑީސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލު ވުމުގައި މުހިންމު ގިނަ ކަންކަމާމެދު ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އައްޑޫ ޓޫރިޒަމް ޕްރޮމޯޝަން ބޯޑަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އައްޑޫ ޕޯޓްގެ ސަރަޙައްދުގައި ތަރައްޤީ ކުރެވޭ ވިޔަފާރި ބަނދަރުގެ ކަންކަމާއި، އައްޑޫގައި ތަރައްޤީ ކުރެވޭ ފަތުރުވެރިކަމުގެ 8000 އެނދާއި ގުޅިފައިވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭޑީސީން ހާމަކޮށްފައިވެއެވެ.
ކޮމިޔުނިޓީ ބޭސްޑް އިކޯ ޓޫރިޒަމް ކުރިއެރުވުގެ ގޮތުން އައްޑޫ ސިޓީގައި އީކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ފަސް ސަރަޙައްދުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް ނިންމުމަށް މިހާރުވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. އައްޑޫ ސިޓީ ގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން އެހީ ދިނުމަށް ނިންމައި، ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ 2019 މާރިޗު 17 ގައެވެ. މިއީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެހެނިހެން ކަންކަމުގެ ތެރޭގައި އައްޑޫ ޒުވާނުން ވިޔަފާރީގެ ދާއިރާތަކަށް ތަމްރީނު ކޮށްދިނުމާއި، އެސްއެމްއީ ވިޔަފާރިވެރިން ތަމްރީން ކުރުމާ މެދު މަޝްވަރާ ކޮށްފައިވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރި އާއި ގުޅޭ ފޯރަމް ބޭއްވުމާއި، ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ދިނުންވެސް ހިމެނެއެވެ.
ގާތްގަނޑަކަށް ދޮޅު ގަޑި އިރަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤާއި، އައްޑޫ ސިޓީ ކަމުންސިލް މެމްބަރުންގެ އިތުރުން އޭޑީސީގެ އެކްސްކޯ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު