ރާއްޖޭން ޢުމްރާއަަށް ދިޔަ ޢުމްރާވެރިންތަކެއް
ރާއްޖޭން ޢުމްރާއަަށް ދިޔަ ޢުމްރާވެރިންތަކެއް
ޢުމްރާއަށް ގޮސް އުޅުނު 60 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މ. ސައްކެޔޮމާގެ މުޙައްމަދު އިމްތިޔާޒް (އިންތި) ކަމަށެވެ. އިންތި ނިޔާވީ ރޭ 11 ޖަހާކަންހާއިރު ހާޓް އެޓޭކެއް ޖެހިގެންނެވެ.

އިމްތިޔާޒް ޢުމްރާއަށް ގޮސްފައިވަނީ، 'އަލް-މަނާސިކް' ޖަމާޢަތުގެ ޙަވާލުގައެވެ. އަލް-މަނާސިކް ގްރޫޕުން ބުނީ، އެހެން ދިވެހީންނާއެކު ސަޢުޔު ކުރުމުގެ ތެރޭގައި އުޅެނިކޮށް އިމްތިޔާޒް ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލާ ޙަވާލާދީ މަނާސިކް ގްރޫޕުން ބުނީ، އޭނާ ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

އަދި ރޭ ފަތިސް ނަމާދަށްފަހު މައްކާގައި އޭނާގެ ޖަނާޒާ ބާއްވާފައިވާ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު