އަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނައި އިސްލާހަށް ޢަދާލަތުން ތާއީދު ކޮށްފިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި، އެ ބަދަލުތަކަކީ މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ރައްކާތެރިކަމަށްޓަކައި އެޅުނު ހެޔޮ ފިޔަވަޅުތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އެ ޕާޓީން ބުނީ، މި ބަދަލަކީ އެންމެ ފުރިހަމަ މިންގަނޑަށް ނުވި ނަމަވެސް، ރަނގަޅު ގޮތާއި ގާތްކުރާ ފިޔަވަޅަކަށް ވާތީ، އެކަމަށް ތަރުހީބުދީ ހިތްވަރުދޭ ކަމަށެވެ.

އަދި އިސްލާމީ ތަރުބިއްޔަތުގައި ހެދުން އެޅުމުގެ އެންމެ ބޮޑު މަގްސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ އިއްފަތްތެރިކަން ހިމާޔަތްކުރުން ކަމަށްވާއިރު، މިއީ ކޮންމެ މުސްލިމަކުވެސް ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމެއްކަން އެ ޕާޓީން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމުގައި ހަށިގަނޑުގެ ބައްޓަން އެނގޭފަދަ ބާރު ނުވަތަ ތުނި ހެދުން ނުލުމުގެ މުހިންމުކަން ބަޔާންކޮށް، މިއީ މުއުމިނުންނަށް އިހްތިޔާރެއް އޮތް ކަމެއް ނޫން ކަމަށް އަދާލަތުން ބުނެފައިވެއެވެ.

މި ބަދަލަށް ފާޑުކިޔާ ފަރާތްތަކަށް އިޝާރާތްކޮށް، ހެޔޮ ކަންކަމާ ދެކޮޅުހަދާ ފަރާތްތަކުން ﷲއަށް ބިރުވެތިވެ ތައުބާވުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީއާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ފަރާތްތަކުން މި ބަދަލާމެދު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އަދާލަތު ޕާޓީން ބުނީ ފުރިހަމަ ގޮތުގައި އައުރަ ނިވާކުރުމަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް އޮތް އެންމެ ބޮޑު ރައްކާތެރިކަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު