ތިނަދޫ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މޭޔަރު ސަޢުދު އަލީ ކާމިޔާބު ކުރަށްވައިފިއެވެ.
ސަޢުދު ޢަލީ ޓިކެޓް ކާމިޔާބުކުރެއްވީ ވާދަވެރި ޕްރައިމަރީ އިންތިޚާބެއްގައި 44 ވޯޓުގެ ފަރަގަކުންނެވެ. ސައުދު އަލީ އާއި ވާދަކުރެއްވީ އަހުމަދު ނަސީރެވެ.
ސަޢުދަށް 462 ވޯޓު ލިބުނުއިރު ނަސީރަށް 418 ވޯޓު ލިބިފައިވެއެވެ. އެހެން ކަމުން މިހާރުގެ މޭޔަރު ސައުދު އަލީއަށް ވަނީ ތިނަދޫ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ކަށަވަރު ވެފައެވެ.
ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ސިޓީ ތަކުގެ މޭޔަރުކަމުގެ ޓިކެޓަށްކަން ފާހަގަކޮށްލެވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީ ތަމްސީލް ކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައީ ހުކުރުދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8:00 އާއި ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު