ސިޓީތަކާއި ރަށްތަކުގެ ތަރައްޤީއަށް އެންމެ މުހިންމީ ލާމަރުކަޒީ ނިޒާމަށް އަހުލުވެރި ބަޔަކު އިންތިހާބު ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބު ކުރި އެންމެހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޕްރައިމަރީގައި ވާދަކުރެއްވި ކެންޑިޑޭޓުން ދެއްކި ހިތްވަރާއި، މަސައްކަތަށް ތައުރީފު ކުރައްވަމުން ފައިސަލް ވިދާޅުވީ ދެން އޮތީ ހުރިހާ އެންމެން ގުޅިގެން އެމްޑީޕީ އަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމުގައެވެ.
އަދި ސަރުކާރު ޖަވާބުދާރީ ކުރުވައި، ޤައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން މިއީ މުހިންމު ފުރުސަތެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
"ސިޓީ ތަކާއި، ރަށް ތަކުގެ ތަރައްޤީ އަށް އެންމެ މުހިންމީ ލާމަރުކަޒީ ނިޒާމު ޤަބޫލުކޮށް، މި ނިޒާމު ދަންނަ އަދި މި ނިޒާމަށް އަހުލުވެރި ބަޔަކު އިންތިޚާބު ކުރުން." ފައިސަލް ވިދާޅުވިއެވެ.
އެހެންކަމުން އެންމެން ގުޅިގެން އެމްޑީޕީ އާއެކު ކުރިއަަށް ދިޔުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އެޕްރިލް މަހު 4 ގައެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ފެބްރުއަރީ 1 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު