އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. އިކްރާމް އަބްދުއްސައްތާރު އެ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށް ނިންމަވައިފިއެވެ.
ޢަދާލަތު ޕާޓީގެ ރައީސްކަމަށް ޑރ. އިކްރާމްގެ އިތުރުން ދެން ކުރިމަތިލެއްވީ އެޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާނެވެ. އިކްރާމް މި ނިންމުން ނިންމެވީ އިންތިހާބުގެ ކަންކަން ކުރިއަށްދަނީ ދެފުށް ފެންނަ، ދިމިގްރާތީ ހަމަތަކުގެ މަތިން ނޫން ކަމަށް ތުހުމަތު ކުރަށްވަމުންނެވެ.
ޑރ. އިކްރާމްގެ މައިގަނޑު ކަންބޮޑުވުމަކީ އިންތިހާބުގައި އީ-ވޯޓިން ބޭނުން ކުރުމެވެ. އޭނާ ތުހުމަތު ކުރަށްވަނީ، މި ނިޒާމަކީ ޕާޓީގެ ލީޑަޝިޕަށް އޮޅުވާލުމުގެ ފުރުސަތު އޮތް ނިޒާމެއް ކަމަށެވެ. އިކްރާމް ވިދާޅުވީ، އައިސީޓީ މާހިރުންގެ ޓީމަކުން އެކަން ބަލާފައިވާ ކަމަށާއި، ޕާޓީން ބޭނުންކުރާ އެޕްލިކޭޝަނަކީ އޮފީހުގައި ތިބެގެން ވޯޓުގެ ނަތީޖާއަށް ބަދަލު ގެނެވޭ ފަދަ އެއްޗެއް ކަމަށެވެ. ނަމަވެސް ޕާޓީން ބުނެފައިވަނީ ބޭނުންކުރަނީ އިތުބާރު އޮތް "ފަހި ވޯޓް" ސިސްޓަމް ކަމަށެވެ.
މީގެ އިތުރުން، ވޯޓު ފޮށި ބަހައްޓައިގެން އާންމު މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި ވޯޓުލެވޭ މެންބަރުންގެ ފޯނު ނަންބަރު ހިމެނޭ ލިސްޓު ވެރިފައި ކުރުމުގެ ފުރުސަތު ނުދިނުމާއި، ޕާޓީގެ އެކި ގޮފިތަކުގެ މަގާމުތަކަށް އިންތިހާބަކާ ނުލައި މީހުން އައްޔަންކުރާ ކަމުގެ ތުހުމަތު ވެސް އޭނާ ވަނީ ކުރައްވާފައެވެ.
މި މައްސަލަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ގެންދިއުމަށް އަންގާފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. ނަމަވެސް ޕާޓީން އެކަންކަމަށް އިޖާބަ ނުދީ، ހުދުމުހުތާރު ގޮތަކަށް ކަންކަން ކުރިއަށް ގެންދާތީ، އިންތިހާބުގައި ބައިވެރިނުވާން ނިންމެވީ ކަމަށް އޭނާ ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު