އަހުމަދު ޔާމިން   4 އޮކްޓޯބަރު 2020 - 16:2
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު
45 މިނެޓްތެރޭގައި މަސް ދޯންޏަކަށް 216000 ރުފިޔާ ލިބިއްޖެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑުތަން ރަނގަޅުވެފައިވާއިރު، މަސްވެރިކަން ކުރާ އުޅަނދު ފަހަރުން ގިނަ ޢަދަދަކަށް މަސްބާނާ މަންޒަރު ހިމެނޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ޢާއްމުވެފައެވެ. އެފަދަ ވީޑިއޯއެއް ޓްވިޓަރ ގައި ޙިއްސާ ކުރައްވަމުން ޢަމްރު ވަނީ ދިވެހި މަސްވެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ޓްވީޓް ކުރަށްވާފައެވެ.

"45 މިނެޓްތެރޭ އެލިބުނީ 216000 ރުފިޔާ." ޢަމްރު ވިދާޅުވެފައިވެއެވެ.

ޢަމްރު މިގޮތަށް ވިދާޅުވީ، ށ. މާއުނގޫދޫ "ވަފާ" ދޯނި 45 މިނެޓް ތެރޭގައި 12 ޓަނުގެ ކަޅުބިލަމަސް ބާނާ ވިޑިއޯއެއް ރިޓްވީޓް ކުރަށްވަމުންނެވެ.



ގިނަ ޢަދަދަކަށް މަސްވެރިން މަސްބާނަމުން ގެންދާއިރު، ރާއްޖޭގެ އެންމެ ގިނައިން މަސްގަންނަ އަމިއްލަ ކުންފުނި "ހޮރައިޒަން" އިން ވަނީ މަސްވެރިންގެ އަތުން މަސްގަތުން ކޮންޓްރޯލްކޮށް ދޯންޏަކުން ފަސްޓަނުގެ މަސް ގަތުމަށް ނިންމާފައެވެ.

ކަޅުބިލަމަހުގެ މަސްގަތުމުގައި މިފްކޯއާ ވާދަކުރާ ހަމައެކަނި ކުންފުނިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މެދުރާއްޖެތެރެއާއި އުތުރަށް މަސްވެރިކަން ރަނގަޅުވެ ފެލިވަރުގައިވެސް ވަނީ މަސްކިރުވުމަށް ދަތިވެފައެވެ. މިފްކޯއިން ވަނީ ގިނައިން މަސް ބޭނިއްޖެނަމަ ފެލިވަރަށް ނުގޮސް ކޫއްޑޫއަށް ދިއުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން