ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ކަމަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ކަމަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއަށް 9،538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ސެޕްޓެމްބަރ މަހު 9538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އޯގަސްޓް މަހާ އަޅާބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން 18،867 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ޤައުމަކީ ރަޝިޔާ އެވެ. އެ ޤައުމުން 2065 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެ ގައުމުން އަންނަ ފަތުރުވެރިން އިތުރުވެފައި މި ވަނީ މިދިޔަ މަހުގެ 11 ގައި ރާއްޖެ އާއި ރަޝިޔާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުންނެވެ. މީގެ އިތުރުން ޔޫއޭއީ އިން 1029 ފަތުރުވެރިންނާއި އެމެރިކާގެ 935 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.



ޔޫރަޕްގެ ޤައުމުތަކުންވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގެ ބޯޑަރ ހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި އެދެވޭ ކާމިޔާބެއް ލިބެމުން އަންނަކަން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން