މިއަދު މޭޔަރ ސިފާ އާއި މިނިސްޓަރ މައުސޫމް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
މިއަދު މޭޔަރ ސިފާ އާއި މިނިސްޓަރ މައުސޫމް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
މާލޭ ސިޓީގައި ފަތުރުވެރިކަން އިޝްތިހާރު ކުރުމާ ގުޅޭގޮތުން މޭޔަރ ސިފާ މުޙައްމަދާއި، ފަތުރުވެރިކަމާބެހޭ ވަޒީރު އަބްދުﷲ މައުސޫމް މަޝްވަރާކުރަށްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި މާލޭ ސިޓީގައި ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމާއި، ފަތުރުވެރިންނަށް ޚާއްސަކޮށްގެން މާލޭގެ ޗާޓް ތަކާއި، ބިލްބޯޑްތައް ބެހެއްޓުމާއި، ފަތުރުވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭ ސަރަޙައްދުތައް ޤާއިމުކުރުމާއި، މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފާޚާނާތައް ޤާއިމުކުރުން ހިމެނެއެވެ.



މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ ފަތުރުވެރިންނާއި ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ހާއްސަކޮށްގެން މަސްވެރިންގެ ޕާކްގައި އަށް ޕޭ ޓޮއިލެޓް ތަރައްގީކޮށްފަ އެވެ. އަންހެނުންނަށާއި ފިރިހެނުންނަށާއި އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެތަން ހާއްސަކޮށްފައިވާ އިރު އެތަނުގައި ރެސްޓްރޫމެއް ވެސް ހުރެއެވެ.

ފާހާނާ ބަރީގެ އިތުރުން އެ ޓާމިނަލްގައި ޓޫރިސްޓުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމްތަކާއި، ގެސްޓް ރިލޭޝަން އޮފީހެއްގެ އިތުރުން ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަހައްދުތަކެއް ވަނީ ހަދައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން