ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ހައިކޯޓަށް އައްޔަނުކޮށްފައިވަނީ، އަލްއުސްތާޛާ ފާތިމަތް ފަރުނީޒާ އާއި އަލްއުސްތާޛް ހަސަން ޝަފީއު ކަމަށެވެ. މި ދެބޭފުޅުން މިއަދު ވަނީ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައެވެ. މި ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ފަނޑިޔާރު ކަމަށް ހުވާކުރެއްވި ފަރުހީޒާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި އެކަމަނާ އަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. މީގެ އިތުރުން އެ ކަމަނާއަކީ ޤާނޫނީ ވަކީލުކަމުގައި 10 އަހަރުދުވަހުގެ ތަޖުރިބާ ގެ އިތުރުން ޕަބްލިކް ޕްރޮސެކިއުޓާއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، ގާނޫނީ ދާއިރާއިން ކިޔަވައި ދިނުމުގެ ތަޖުރިބާ ވެސް ހުންނެވި ފަރާތެއް ކަމަށް ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރު ކަމުގެ ހުވާކުރެއްވި ހަސަން ޝަފީއު އަލީ ވަނީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލު ކުރައްވާފަ އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމިލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ކަމަށާއި ގާނޫނީ ދާއިރާގައި 14 އަހަރުގެ ތަޖުރިބާ ހުންނެވި ކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއާއި އަލްއުސްތާޛު ޙަސަން ޝަފީޢު، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އައްޔަން ކުރައްވައިފި. pic.twitter.com/0bra2Q6kvu
— High Court of the Republic of Maldives (@mvhighcourt) October 4, 2020
ފަނޑިޔާރު ކަމަށް ހުވާކުރެއްވި ފަރުހީޒާ ވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި އެކަމަނާ އަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. މީގެ އިތުރުން އެ ކަމަނާއަކީ ޤާނޫނީ ވަކީލުކަމުގައި 10 އަހަރުދުވަހުގެ ތަޖުރިބާ ގެ އިތުރުން ޕަބްލިކް ޕްރޮސެކިއުޓާއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، ގާނޫނީ ދާއިރާއިން ކިޔަވައި ދިނުމުގެ ތަޖުރިބާ ވެސް ހުންނެވި ފަރާތެއް ކަމަށް ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރު ކަމުގެ ހުވާކުރެއްވި ހަސަން ޝަފީއު އަލީ ވަނީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލު ކުރައްވާފަ އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމިލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ކަމަށާއި ގާނޫނީ ދާއިރާގައި 14 އަހަރުގެ ތަޖުރިބާ ހުންނެވި ކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ.
ކިޔުންތެރިންގެ ހިޔާލު