ޝަރުޢީ ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަކީ މިއަހަރުގެ އެންމެ މުހިންމު އިސްކަމެއްދޭނެ ކަންތައް ކަމުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު މިރޭ ވިދާޅުވެއްޖެއެެވެ.
2026 ވަނަ ގަޟާޢީ އަހަރު އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތަކެއްވެސް ހިމެނޭ ގޮތުން އެކި އެކި ސަބަބުތަކާހުރެ ޝަރުޢީ ކޯޓުތަކުގައި އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތަކަށް މައްސަލަތައް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް މިހާރުވެސް ކޯޓުތަކުގައި ހުރިކަން އެއީ ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިގޮތުގައި 2025 ވަނަ އަހަރު ނިމިގެންދިޔައިރު 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގްގެ ގޮތުގައި އެބައޮތެވެ. އެހެންކަމުން، 2026 ވަނަ އަހަރު ޝަރުޢީ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ މިފަދައިން އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން، ޚާއްޞަ މަސައްކަތްތަކެއް އަވަސްކަމާއެކު ކޮށް، އެ މައްސަލަތަކުގައި އިންސާފު ޤާއިމްކުރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"އެންމެ އިސްކަމެއް ދީގެން މިވަގުތު އަޅުގަނޑު ކުރަން ބޭނުންވާ އެއް ކަމަކީ މިދެންނެވި 13،032 މައްސަލައިގެ އިންސާފު އަވަސްކަމާއެކު ޤާއިމްކުރުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރު ކޯޓުތަކުގައި އަލަށް ރަޖިސްޓްރީ ވާނެކަމަށް ލަފާކުރެވޭ 21،000 އަށްވުރެ ގިނަ މައްސަލައިގެ އިންސާފު އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތްވެސް، މެދުކެނޑުމެއް ނެތި ކުރިއަށްދާގޮތަށް އިންތިޒާމް ކުރެވިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މި މަސައްކަތްތައް ހަރުދަނާކޮށް ވިލަރެސް ކުރުމަށްޓަކައި، ލަސްވެފައިވާ އިންސާފު ނުވަތަ ކޯޓުތަކުގެ ބެކްލޮގް މައްސަލަތައް ނިންމުމަށް ވަކި ހާއްސަ ޓާސްކް ފޯހެއް 10 ފެބްރުއަރީ 2026 ގައި އެކުލަވާލެވޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އިޢުލާން ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޙައްމަދު މުޢިއްޒާއި ޝަރުޢީ ދާއިރާގެ އިސް ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު