ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
މުދައްރިސުންގެ މަސައްކަތަކީ ޤައުމުގެ ހައްޤުގައި ކުރައްވާ ވަރަށް އަގުހުރި އިންސާނީ ޚިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންނަށް ތަހުނިޔާ ފޮނުއްވައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މުދައްރިސުން އަދާކުރަނީ ވަޒީފާއެއްކަމުގައި ވީނަމަވެސް، ޙަޤީޤަތުގައި މުދައްރިސުންގެ މަސައްކަތަކީ، ޤައުމުގެ ޙައްޤުގައި ކުރާ ވަރަށް އަގުހުރި އިންސާނީ ޚިދުމަތެއް ކަމަށެވެ. މުދައްރިސުން ކުރަމުންދާ މަސައްކަތަކީ ރަނގަޅު ޢިލްމާއި، ހެޔޮ ތަރުބިއްޔަތާއި، ރިވެތި އަޚްލާޤުގެ މަތީގައި ޤައުމުގެ ދަރީންގެ ކުރިމަގު ބިނާކުރުންކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ.

"ޤައުމު ބިނާވަމުންދަނީ މުދައްރިސުން އަޅުއްވާދެއްވާ ބިންގަލުގެ މަތީގައި. ކޯވިޑް-19ގެ ނުރައްކަލުގެ ތެރޭގައިވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމުގައި މުދައްރިސުން ވެވަޑައިގަންނަވަމުން އެގެންދަވަނީ މުޅި ޤައުމު ފަޚުރުވެރިވާފަދަ މަތިވެރި ޤުރުބާނީއެއް. އެކަމަށްޓަކާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.



ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ، މުދައްރިސުން ކުރަށްވަމުން ގެންދަވާ ބުރަ މަސައްކަތުގައި ބަރަކާތް ލެއްވުންއެދި ދުޢާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން