ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ، އެ ކައުންސިލްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް ސަރުކާރުން އުވާލާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިއަށްގެންދާ "ހޭވައްލާ ތައްޔާރު" ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޣަފޫރު މޫސާ ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާނެ ބައެއް ނޫން ކަމަށާއި، އެބޭފުޅުންގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ހުރިހާ ކައުންސިލްތަށް އުވާލާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ، އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެނޫން އެހެން ކަމެއް މިބޭފުޅުން ނުކުރާނެ،" ޣަފޫރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި ދައުލަތުގެ މާލިއްޔަތު ސަރުކާރަށް ލިބުމާއެކު ލާމަރުކަޒީ ގާނޫނު ފުނޑާލާފައިވާ ކަމަށް ތުހުމަތުކުރައްވަމުން ޣަފޫރު ވިދާޅުވީ، މި އިންތިޚާބުގައި ސަރުކާރަށް ތާއީދުކޮށްފިނަމަ ރާއްޖޭގައި ވޯޓުލުމުގެ ނިޒާމުވެސް ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މިއީ ރައްޔިތުންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމުގެ އިންޒާރުވެސް ޣަފޫރު ދެއްވިއެވެ.
ސަރުކާރުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ޣަފޫރު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔާއިން 170 ބިލިއަން ރުފިޔާ ޚަރަދުވެގެން ދިޔައިރު، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރިހާވެސް ކަމަކީ "ކަނާތުންނާއި ވާތުން ވައްކަން ކުރުން" ކަމަށް ޣަފޫރު ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ 490 އަށްވުރެ ގިނަ މަޝްރޫއު ހުއްޓިފައިވާކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ، މި ސަރުކާރަށް ކުރަން އެނގޭހާވެސް ކަމަކީ އުނދޯއްޔަކާއި، ކުޑަކުދިންގެ ޕާކަކާއި ފުޓްސަލް ދަނޑެއް އެޅުން ކަމަށެވެ.
"ލިބުނު ހުރިހާ ލާރިއެއް ކައި ހުސްކޮށް، ރައްޔިތުންނަށް ބަނޑުދައްކަމުންދާ ސަރުކާރަކަށް ވޯޓު ދޭން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ،" ޣަފޫރު ވިދާޅުވިއެވެ.
އެމްޑީޕީގެ މި ޖަލްސާގައި ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކޮށް ބައެއް ކެންޑިޑޭޓުން ވާހަކަ ދެއްކެވިއެވެ. މިޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު