ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ކ). އާއި ރައީސް ޞާލިޙް (ވ).
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ކ). އާއި ރައީސް ޞާލިޙް (ވ).
އިދިކޮޅު ފަރާތްތަކަށް ތާޢީދު ކުރާކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ނަމުގައި ދައުރުވަމުންދަނީ ދޮގު ޓްވީޓެއް ކަމަށާއި ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއިއެކުގައި ކަމަށް ޤާސިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރަށްވާ ޤާސިމްގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ކަމަށް ފެންނަ ޓްވީޓެއްގެ ސްކްރީން ޝޮޓަކާއިއެކު ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޓްވީޓަކީ ޤާސިމް ކުރަށްވާފައިވާ ޓްވީޓެއް ނޫންކަމަށެވެ. އަދި ޤާސިމް އާއި ޖުމްހޫރީ ޕާޓީވެސް އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެކުގައި ކަމަށް ޤާސިމް ވިދާޅުވެފައި ވެއެވެ.

ޤާސިމް ވިދާޅުވީ އެކަން ކޮށްފައިވަނީ ޤާސިމް އާއި ޖުމްހޫރީ ޕާޓީއަށް ރައްޔިތުން ކުރާ ތާޢީދު ގެއްލުވާލުމަށް ކަމަށެވެ.



ޤާސިމްގެ ނަމުގައި ދައުރުވަމުންދާ ޓްވީޓުގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުގައި އިންނެވުމަކީ މިއަދު ދިވެހި ގައުމު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން އާއިއެކު މަޝްވަރާއަށް ދާން ޖޭޕީ އޮތީ ތައްޔާރަށް ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގައުމު ކުރިއަށް ގެންދެވުމަށް އެދިލައްވާ ކަމަށްވެސް އެޓްވީޓުގައި ބުނެފައި ވެއެވެ.

ޤާސިމާއި ޖުމްހޫރީ ޕާޓީ އިދިކޮޅަށް ތާއީދުކޮށް ސަރުކަރާއި ދެކޮޅުކަން ދެއްކުމަށް މީގެކުރިން ވެސް މިފަދަ ވާހަކަތައް މީސްމިޑިއާގައި ފަތުރަމުން ގެންދެއެވެ. މިފަދަ ކޮންމެ ވާހަކަތަކަކާއި ގުޅިގެންވެސް ޤާސިމު ވަނީ ރައީސް ޞާލިޙާއެކު އަދި ސަރުކަރު ކޯލިޝަނާއެކު ދެމި ތިބޭނެކަން ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން