ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކޮށްފިއެވެ.
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު (ވައްޑެ) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކު
ންފުނިތައް ކަމަށްވާ ފެނަކަ އާއި އާރުޑީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ވޯޓު ވަކި ގޮތަކަށް އަނބުރާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މުވައްޒަފުންގެ ވޯޓު ކަށަވަރު ކުރުމުގެ ބޭނުމުގައި، އެފަރާތްތަކުން ވަޒީފާ އަދާކުރާ ރަށް ނޫން އެހެން ރަށްރަށަށް ރީ-ރަޖިސްޓްރީ ކުރުމަށް ސަރުކާރުން މަޖުބޫރު ކުރަމުންދާ ކަމަށް ވަޙީދު ތުހުމަތު ކުރެއްވިއެވެ.
"މި އިންތިޚާބަށް ސަރުކާރުން ދަނީ އިންތިހާއަށް ނުފޫޒު ފޯރުވަމުން،" ވަހީދު ވިދާޅުވިއެވެ.
މި މައްސަލައިގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުން މިފަދަ އަމަލުތަކެއް ހިންގުމުން ދޭހަވަނީ، ކައުންސިލް އިންތިޚާބު ނާކާމިޔާބުވެދާނެ ކަމުގެ ބިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އޮތް މިންވަރެވެ.
މީގެ އިތުރުން، މުވައްޒަފުންގެ ވޯޓުލުމުގެ އަސާސީ ޙައްޤު ގެއްލުވާލުމަށް ރައީސް މުޢިއްޒު ހިންގަވާ ކަމަށް ބުނާ "ނާތަހުޒީބު އަމަލުތައް" ވަގުތުން ހުއްޓާލުމަށް ވެސް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.
ކައުންސިލް އިންތިޚާބާ ގާތްވަމުން އަންނައިރު، ސަރުކާރުން އިދާރީ ނުފޫޒު ބޭނުންކޮށްގެން އިންތިޚާބަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު