ސަރުކާރުގެ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްވެސް ބިރެއް ނެތި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރާ ދެކޮޅަށް ނިކުތުމަށާއި، އެފަރާތްތަކަށް ވަޒީފާއިން ވަކިކޮށްފިނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ ވަޒީފާތައް އަނބުރާ ހޯދައިދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ޅ.ކުރެންދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އާރުޑީސީ އާއި ވެމްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ކަމަށެވެ. އަދި ވަޒީފާގެ ބިރު ދެއްކިޔަސް ފަހަތަށް ނުޖެހުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ބިރުން ފަހަތްޖެހިވަޑައިނުގަންނަވާންޗޭ. ބިރު އެއީ ތިމަންނާ ތިމީ އެމީހަކު އަމިއްލައަށް އަންނަ އެއްޗެއް. އަޅުގަނޑުމެން ބިރުވެތިވާން ޖެހޭ އެންމެ ފަރާތެއް އޮތީ، އެއީ ހެއްދެވި ފަރާތް،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ސަރުކާރަކީ ދާއިމީ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ޞާލިޙް ވިދާޅުވީ، ސަރުކާރަށް ކެރިގެން މުވައްޒަފުން ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެމްޑީޕީން އެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަން ރައީސް ސާލިޙް ޔަޤީންކަން ދެއްވިއެވެ.
"ވަޒީފާއިން ވަކިކޮށްފިއްޔާ މިއީ ދެ އަހަރުގެ ސަރުކާރު މީ. އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސް އެ ވަޒީފާ އެ ބަޔަކަށް އަޅުގަނޑުމެން ދޭނަން،" ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ ގޮތުންނާއި ކޯޓުތަކުގެ ތެރެއިން އިންސާފު ހޯދައިދިނުމަށް އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޞާލިޙް ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ބިރު ފަހަނައަޅައި ގޮސް އުފައްދާފައިވާ ފިކުރެއް ކަމަށާއި، މިހާރު ފެންނަމުންދާ ފިއްތުންތަކަށް ބެލުމެއް ނެތި ކުރިއަށް ދިއުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ.
ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މުޅި ރާއްޖެއިން ވެސް ފެންނަނީ އެމްޑީޕީއަށް އޮތް ތާއީދު ބޮޑުވަމުންދާ މަންޒަރު ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ ﷲ ގެ އިރާދަފުޅުން އެމްޑީޕީން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ތިޔަ ހުރިހާ ބޭފުޅުންގެ ތާއީދާއެކު ކާމިޔާބު ކުރާނީ އެމްޑީޕީން. އޭރުން އަނެއްކާވެސް އަޅުގަނޑުމެން މިހާރުމިތިބި ފިއްތާފަ ތިބި ތިބުމުން ފަހަނައަޅާގޮސް، މުޅި ރާއްޖެ އެއްކޮށް ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ފެށި މަސައްކަތް އަނެއްކާވެސް ބާރު ސްޕީޑުގައި ގެންދެވޭނެ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރުދައްކައި ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު