ސަރުކާރުން މިހާރު ގެންގުޅެނީ ސިޓީތަކުގެ ބާރުތައް މައި ސަރުކާރަށް ޖަމާކޮށް، ރައްޔިތުން ނިކަމެތިކޮށް އާދޭސް ކުރުވުމުގެ ވިސްނުމެއް ކަމަށާއި، އެގޮތަށް ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، ތިނަދޫއަކީ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ހުރިހާ ފުރުސަތެއް އޮތް ރަށެއް ކަމަށެވެ. އަދި މި ސިޓީގައި އިތުރު މީހުން އާބާދުވާން ބޭނުންވާކަން ފާހަގަކުރައްވައި، ރައީސް ސާލިޙް ވިދާޅުވީ އެމްޑީޕީގެ ތަސައްވުރަކީ ކުރިއަށް އޮތް 20 ނުވަތަ 30 އަހަރުގެ ތެރޭގައި ތިނަދޫއަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށް ހެދުން ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރުގެ ވިސްނުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސާލިޙް ވިދާޅުވީ، މި ސަރުކާރުގެ އެ ވިސްނުމެއް ނެތް ކަމަށެވެ.
"މި ބޭފުޅުންގެ އެ ވިސްނުމެއް ނެތް. މި ތަންތަނުގެ ބާރުތައް މައި ސަރުކާރަށް ޖަމާކޮށް ނިކަމެތިކޮށްލާ އާދޭސް ކުރުމުގެ ވިސްނުމެއް މި ބޭފުޅުން ގެންގުޅުއްވަނީ. މިއީކީ މި ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން،" ރައީސް ސާލިޙް ވިދާޅުވިއެވެ.
ތިނަދޫގެ ތަރައްޤީއަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ފާހަގަކުރައްވަމުން ރައީސް ސާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ފަށާފައި ހުރި މަޝްރޫޢުތައް މި ސަރުކާރުން ނިންމަންޖެހޭ ކަމަށެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖާއި، ވިޔަފާރި ބަނދަރާއި، އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތްތައް އެކީގައި ނިންމަންޖެހޭ ކަމަށާއި، އެކަންކަން ނިމުމުން އެތަންތަނުގައި މަސައްކަތް ކުރާނެ ފަރާތްތައް ތިނަދޫގައި އެބަތިބި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސާލިޙް ވިދާޅުވީ، ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީގެ ފިކުރުގައި މިހާތަނަށް ރާއްޖޭގެ ވެރިކަން 9 އަހަރު ކޮށްފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީންގެ 5 އަހަރާއި، ރައީސް ވަހީދުގެ 2 އަހަރުގެ އިތުރުން ރައީސް ޑރ. މުޢިއްޒުގެ މިވީ 2 އަހަރު ހިމެނޭހެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ސިޓީގެ ބޯހިޔާވަހިކަމުގެ ބޭނުމަށް އެއްވެސް މަސައްކަތެއް މި ރަށުގައި އެއިން ސަރުކާރަކުން ކޮށްފައި އެބައޮތްތޯ؟ އެއްކަމެއް ވެސް މިހާތަނަށް ކޮށްފައެއް ނެތް،" ސާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ތިނަދޫގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ވިޔަސް އަދި މަގު ހެދުމުގެ މަސައްކަތެއް ވިޔަސް ކޮށްފައިވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުގައި ކަމަށެވެ. އަދި މިހާރު ކުރަންޖެހޭ ކަމަކީ މީހުން އައިސް އާބާދުވެ، އުޅެވޭނެ ގޮތްތައް ތިނަދޫގައި މަގުފަހިކޮށްދިނުން ކަމަށްވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު