ކުރިއަށް އޮތް އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައިވެސް ފެންނާނެ އެންމެ "ހަޑި" އިންތިޚާބަށް ވެގެންދާނެ ކަމަށާއި، އިންތިޚާބާއި ރިފަރެންޑަމް ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ މާލިއްޔަތު އަރިކޮށްލާ ތަން ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ މެމްބަރު މީކާއީލް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ސަރުކާރުން ކޮރަޕްޝަންގެ އަމަލުތަށް ހިންގަމުންދާއިރު ކޮރަޕްޝަން ހުއްޓުވަން އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ މުޅިން "ވާވެފައި" ކަމަށެވެ. އަދި އެ ކޮމިޝަން ޕެރަލައިޒްވެފައިވާ މަންޒަރު ފެންނަމުންދާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް 1 ލައްކަ ރުފިޔާ ދެއްވަން ރައީސް މުޢިއްޒު ނިއްމެވި ނިއްމެވުމަށް މީކާއިލް ވަނީ ވަރަށް ބޮޑަށް ވިދާޅުވެފައެވެ.
އެގޮތުން ގަލޮޅު ދެކުނު ދާއިރާގައި ހުރި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ ސަރަހައްދުގައި 1500 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށާއި، ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެ ތަންތަން މިލްކުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، މިއަދު އެ ވާހަކަ ނުދައްކަވާ ކަމަށެވެ.
"އޭގެ ބަދަލުގައި އެ ހޯއްދެވި ޝޯޓްކަޓަކީ، އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ މަޖުބޫރީ ހާލަތުގެ ބޭނުން ހިފައިގެން ރިޝްވަތު ހުށަހެޅުން. ކޮންމެ ގޭބިސީއަކަށް އެއްލައްކަ ރުފިޔާ އެ ހުށަހަޅުއްވަނީ ދައުލަތުގެ މާލިއްޔަތުން،" މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެ ކެމްޕޭން ހަރަކާތްތަކަށް ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެ މީކާއީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ދޮޅުމަސް ދުވަސް އޮއްވާ، ޕީއެންސީގެ ކެންޑިޑޭޓުންނާއި ޑަބްލިއުޑީސީގެ ރައީސާ ކަމަށް ވާދަކުރައްވާ އަލައިކާ އާއި މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ ޖަލީލު ފަދަ ބޭފުޅުން މުލިއާގެއަށް ގެންގޮސްގެން ބާއްވާ ބައްދަލުވުންތަކަކީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށް މީކާއީލް ސިފަކުރެއްވިއެވެ.
"މުލިއާގެއަކީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ދައުލަތުން ދީފައި ހުންނަ އިހުތިރާމް ލިބިގެންވާ ތަނެއް. އެއީ ކެމްޕޭން ހިންގަން އޮތް ތަނެއް ނޫން. ކެމްޕޭން ކުރަން ބޭނުންނަމަ ރައީސްގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި އެކަން ކުރަންވީ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ ކުރީގެ ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ނަޝީދު، ރައީސް ޞާލިޙް އަދި ރައީސް ވަޙީދުގެ ވެރިކަންވެސް ފެނިވަޑައިގެންނެވި ކަމަށާއި ނަމަވެސް މިހާރު ފެންނަމުންދާ ފަދަ "ކަޓު" އަދި ދައުލަތުގެ ޕްރޮޓޮކޯލްތަކަށް ހުރުމަތް ކުޑަކުރާ ވެރިއަކު ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރެންޑަމް ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑެތި އަދަދުތަކުން ފައިސާ ބެހުމާއި، އުސޫލުން ބޭރުން ވަޒީފާތަކަށް މީހުން އައްޔަންކުރުން ފަދަ ކަންކަން ފެންނާނެ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު