ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރާނީ ވަރަށް ފަސޭހަކަމާއެކުގައި ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ލީޑަޝިޕާއެކު މިހާރު އައްޑޫގައި ހަރަކާތްތެރިވަމުންދާ ޝާހިދު މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި، އައްޑޫގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ރައްޔިތުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަން ހާމަވެފައިވާ ކަމަށެވެ. އަދި އައްޑޫގައި އެމްޑީޕީގެ ރޫޙު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ އައްޑޫގެ ތަރައްޤީއަކީ އެމްޑީޕީއާ ގުޅިފައިވާ ކަމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެހެންކަމުން ސިޓީ ކައުންސިލްގެ ގޮނޑިތައް އެހެން ޕާޓީއަކަށް ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މި އިންތިޚާބުގައި އެމްޑީޕީން ބޮޑު ތަފާތަކުން ގޮނޑިތައް ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށްޓަކައި ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން އަންނަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު