ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ޓެރަރިސްޓް ގްރޫޕްތައް ރުޅިއަރުވައިގެން ނުރައްކަލުގެ ތެރެއަށް ރާއްޖެ ވައްޓައި ނުލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ޢުމަރު މިފަދައިން ވިދާޅުވެފައި މިވަނީ، އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ކެމްޕެއިންގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށާއި، އޭގެ ފައިދާ އައިއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތަކުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

"ހައްދުފަހަނައެޅުމާއި، ޓެރަރިޜަމް އާއި ދެކޮޅަށް މަސައްކަތް ކުރާއިރު އެފަދަ ގްރޫޕްތަކުގެ ރުޅިގަދަވެ، ބަދަލުހިފުމުގެ ރޫޙު އިތުރުވެ، ރާއްޖެ އެމީހުންގެ އަމާޒަކަށްވާ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނުރައްކާތެރި ކަމެއް." ރައީސް ޔާމީން ސަރުކާރުގައި ޑިފެންސް މިނިސްޓަރެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ އާދަމް ޝަރީފު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖެ ނުރައްކަލެއްގެ ތެރެއަށް ވައްޓަވައި ނުލެއްވުމަށްވެސް އާދަމް ޝަރީފުގެ ޓުވީޓުގައި ގޮވާލައްވާފައިވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ކެމްޕެއިނަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ތިބި މީހުން ހިންގާ ކެމްޕެއިނެއް ކަމަށާއި، އެމީހުންގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށެވެ. އަދި އެއީ އެމީހުންގެ ކެމްޕެއިންގެ ފުރަތަމަ މަރުހަލާ ކަމަށާއި، ރާއްޖެގެ އެކަހެރިކުރެވުނީމާ އައިއެސް ޖަމާއަތާ އަލްގައިދާ ފަދަ ޖަމާޢަތްތަކުން ރާއްޖެ ހިފުމުގެ ތަޞައްވަރެއް ގެންގުޅޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މުހައްމަދު ޝަފީޤު

09-Oct-2020

ދަތްދޮޅި ދުއްވާލީމަ ރުޅި ނާއްނާނީ ކާކު ތޯ


0

ހަސަނު

08-Oct-2020

ނަޝީދު ގެ ވާހަކަތައް ވަރަށް ނުރައްކާތެރި އޮބި އަޅައިގެން ވިޔަސް ނަޝީދު ހިފަހައްޓަން އެބަޖެހޭ މީނާގެ ވާހަކަތަކުގެ ސަބަބުން ދިވެހި ގައުމު ނުރައްކަލަށް އެބަހުށައެޅޭ މީ ވިސްނަންވެއްޖެ ކަމެއް



ޓްރެންޑިން