އައްޑޫ ސިޓީގެ ތަރައްޤީއަށް މި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އައްޑޫގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އައްޑޫގައި އަޅަން ވައުދުވި ބުރިޖުގެ އެއްވެސް އަމަލީ މަސައްކަތެއް ފެންނަން ނެތް ކަމަށާއި، އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ" ސުވާލު އުފެދޭ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރާއި ބައިވެގެން ދާއިރު އައްޑޫ ސިޓީއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ހަންކެޑެ މަޝްރޫޢު ފަދަ ކަންކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ކަމަށާއި، އިންސާނަކު އެ މަސައްކަތްތައް ކުރާތަން ނުފެންނަ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ސިޔާސީ މަކަރުވެރި ރޭވުމެއްގެ ދަށުން ކަމަށްވެސް ޝާހިދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ ހަރަދު ކުޑަކުރާ ވާހަކަ ދައްކާއިރު، ފޮރިން މިނިސްޓްރީގެ ބޭރުގެ އެމްބަސީތަކަށް މަހަކު 54 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ "ހުދުމުހުތާރު" ސިޔާސަތުތަކަށް "ނޫނެކޭ" ބުނުމަށް އައްޑޫގެ ރައްޔިތުންނަށް ޝާހިދު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު