ވާތުން ކަނާތަށް؛ ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް، ފިނޭންސް މިނިސްޓަރ އަމީރު އަދި ރައީސް ނަޝިދު
ވާތުން ކަނާތަށް؛ ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް، ފިނޭންސް މިނިސްޓަރ އަމީރު އަދި ރައީސް ނަޝިދު
ޗައިނާއާ އޮތް ގުޅުން ހީނަރު ނުވާނެ ގޮތެއް ހޯއްދެވުމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ރާއްޖެއާއި ޗައިނާ އާއި ދެމެދު ތަންފީޒު ކުރެވޭ ފްރީޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވީ، ސަރުކާރުތަކުން ބޮޑެތި ޤައުމުތަކާ އެކުގައި ކުރާ ވިޔަފާރީގެ މުޢާމަލާތްތައް ދުނިޔޭގެ މާލީ އިދާރާތަކުން ފާރަވެރިކަމާއެކު ބަލާނެ ކަމަށެވެ.

ޗައިނާ އަކީ ދުނިޔޭގެ މާލީ އިދާރާތަކުގައި ނުފޫޒު ގަދަ ޤައުމެއްކަން ފާހަގަ ކުރަށްވައި ޝަރީފް ވަނީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރު ނުވާނެ ގޮތެއް ހޯއްދެވުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.

"ފްރީޓްރޭޑް އެގްރީމެންޓްގެ ތެރެއިން ޗައިނާގެ ކިޔަވާ ކުދިން ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީ ތަކަށް އައިސް ކިޔެވުމުގެ ފުރުސަތާއި، ދިވެހި ކިޔަވާކުދިން ޗައިނާގެ ޔުނިވަރސިޓީތަކާ އެކު ނޮލެޖް އެކްސްޗޭންޖް ޕްރޮގްރާމް ހިންގައި މަތީ ތަޢުލީމްގެ ދާއިރާއިން އިންވެސްޓްމަންޓް ޕާޓްނާޝިޕް ހެދުމުގެ ފުރުސަތު ލިބެން އޮތް." މަތީ ތަޢުލީމުގެ ދާއިރާގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ސައިރިކްސް ކޮލެޖްގެ ޗެއަރމަން ވިދާޅުވިއެވެ.

އެހެންކަމުން ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނެތްކަމަށް މިއަދު ސަރުކާރުން ވިދާޅުވިނަމަވެސް އެކަން ޤަބޫލު ނުކުރެވޭނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ އެއްބަސްވުން އަލުން ރިވިއުކޮށް ގްލޯބަލް މާކެޓަށް ރާއްޖެ ވަންނަން ޖެހޭ ކަމަށާއި، އެހެން ޤައުމުތަކާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުމަށް ޝަރީފް ގޮވާލެއްވިއެވެ.

ޝަރީފު ވިދާޅުވީ ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް ވިދާޅުވިޔަސް އެކަން ގަބޫލު ނުކުރެއްވޭނެ ކަމަށެވެ.

"ޗައިނާ އެފްޓީއޭ ނެތް ވާހަކަ ވިދާޅުވިއަސް އެވާހަކަ ގަބޫލު ނުކުރެވޭނެ. އެމިނިސްޓްރީ (ފިނޭންސް މިނިސްޓްރީ) ގައި ހުންނާނެ މީޓިންތަކުގެ ޔައުމިއްޔާ.ތައް." މި ސަރުކާރުން ބޭނުމިއްޔާ އެ އެއްބަސްވުން އަލުން މުރާޖަޢާކޮށް ބޭނުން ކުރެވޭނެކަން ހާމަ ކުރައްވައި ޝަރީފު ވިދާޅުވިއެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީރު ވިދާޅުވީ ޗައިނާއާ އެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރެވެން ނެތް ކަމަށާއި، އެ އެގްރިމަންޓް ތަންފީޒު ކުރުމަށް އިތުރު ޤާނޫނުތަކެއް ބޭނުންވާކަމަށެވެ. އެހެންކަމުން މިވަގުތު ފްރީޓްރޭޑް އެއްބަސްވުމަށް އަމަލު ކުރެވެން ސަރުކާރަށް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރު އަމީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއް މި ސަރުކާރުން އުވާލާފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން އިސްލާހުކޮށްގެން ކުރިއަށް ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީ ސަރުކާރުތަކުން ގޯސްކޮށް ކޮށްފައި ހުންނަ ކަންކަން ދިރާސާކޮށް ކަރެކްޓިވް މެޝާޒްތައް އަޅުގަނޑުމެން މިއަންނަނީ ލަމުން." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރުގެ ވާހަކަތަކަށް ތާޢީދު ކުރައްވައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވީ އެ އެއްބަސްވުމުގެ 165 ވަނަ މާއްދާގެ ދަށުން ޗައިނާގެ ފްރީޓްރޭޑް އެގްރިމަންޓަށް އަމަލު ކުރެވެން އަންނަނީ ދެ ގައުމުގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ފަރާތަކުން އަދި އެކަންކަން ފުރިހަމަކޮށްފައި ނުވާތީ، ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީޓްރޭޓް އެގްރިމަންޓެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ފިނޭންސް މިނިސްޓަރ ގެ ވާހަކައިން ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓެއް މިހާރު ވުޖޫދުގައި ނެތްކަމަށް މާނަކުރެވުނު ނަމަވެސް އެ އެގްރީމެންޓްގައި ސޮއިކުރީ ދެގައުމުގެ އިސްވެރިން މީޑިއާގެ ވެސް ކުރިމަތީގައެވެ. އަދި އެ އެގްރީމެންޓަކީ ރާއްޖެއަށް ފައިދާހުރި އެއްޗެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކާއި ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތަކެއްވެސް ބަދަލު ކުރެވިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޙުސެެނު

09-Oct-2020

ޥަޒީރުކަނޮ ލިބޭތޯ އުޅެނީ


10

ޙުސެެނު

09-Oct-2020

ޥަޒީރުކަނޮ ލިބޭތޯ އުޅެނީ


-4

ފަހުމީހަސަން

09-Oct-2020

ރައްޔިތުންގެ ތާއީދު ހޯދައިގެން ގައުމުހިންގަން ޝަރީފު އަނަނަންވީނޫންތޯ?



ޓްރެންޑިން