ދައުލަތުގެ ހުރިހާ ބާރެއް ލިބުމުންވެސް އަދިވެސް ކުރީ ސަރުކާރާއި ކުރީގެ ވެރިކަން ގޯސްކުރުން ނޫންކަމެއް މިސަރުކާރަށް ނުކުރެވޭ ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖަށް ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ މައްސަލަ ދައުލަތަށް ކާމިޔާބް ވެފައި ނުވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ފުލުހުން މިމައްސަލާގައި އަަމަލުކޮށްފައިވާ ގޮތުން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.
ސިރާޖުގެ ވާހަކަތަކަށް ރައްދު ދެއްވައި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، "ބިޝާމްއާއި ފުލުހުންނާއި ކުރީ ސަރުކާރުގެ ބޮލަށް ހުރިހާކަމެއް ކަނޑާލައިގެން ކިހާދުވަހަކު ތިބެވޭނެތޯ؟ ސަރުކާރު ލިބިއްޖެ. މަޖްލިސް ލިބިއްޖެ. ޖުޑީޝަރީ ލިބިއްޖެ. ކަންކަން ރަގަޅުކުރުމަށް ދެން އިތުރަށް ކޮންކަމެއްތޯ ބޭނުންވަނީ؟"
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެކު ރައީސް ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ނިންމި ނިންމުން ބިނާކުރި ސަބަބު ގޯސް ކަމަށެވެ. އެކަމަކު އެކައުންޓް ފްރީޒްކުރި ސަބަބާއި އެކައުންޓްތަކާ ހުރި ގުޅުން ފުލުހުންނަށް ބުނެދެވިފައި ނުވާތީ އެ އެކައުންޓުތައް ދޫކޮޮށްލަން ހައި ކޯޓުން ކުރި ޙުކުމް ރަނގަޅު ކަމަށް ވެސް އެ ޙުކުމުގައިވެއެވެ.
ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމަށް މިދިއަ އަހަރުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.
ވެރިކަމާއި ހަވާލުވެ މިސަރުކާރުން ރަނގަޅު ކުރަން ބުނި ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި އަބަދުވެސް ކުރީގެ ސަރުކާރުގެ ވާހަކައާއި ކުރީގެ ވެރިން ކަންކަން ގޯސްކޮށް ކޮށްފައިވާ ވާހަކަ ތަކުރާރުކޮށް ދައްކަމުން ގެންދާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ބިޝާމްއާއި ފުލުހުންނާއި ކުރީ ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލައިގެން ކިހާ ދުވަހަކު ތިބެވޭނެތޯ؟ ސަރުކާރު ލިބިއްޖެ. މަޖްލިސް ލިބިއްޖެ. ޖުޑީޝަރީ ލިބިއްޖެ. ކަންކަން ރަގަޅުކުރުމަށް ދެން އިތުރަށް ކޮންކަމެއްތޯ ބޭނުންވަނީ؟ https://t.co/MhdXWi7qrd
— Ahmed Usham (@a_usham) October 8, 2020
ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެކު ރައީސް ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ނިންމި ނިންމުން ބިނާކުރި ސަބަބު ގޯސް ކަމަށެވެ. އެކަމަކު އެކައުންޓް ފްރީޒްކުރި ސަބަބާއި އެކައުންޓްތަކާ ހުރި ގުޅުން ފުލުހުންނަށް ބުނެދެވިފައި ނުވާތީ އެ އެކައުންޓުތައް ދޫކޮޮށްލަން ހައި ކޯޓުން ކުރި ޙުކުމް ރަނގަޅު ކަމަށް ވެސް އެ ޙުކުމުގައިވެއެވެ.
ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމަށް މިދިއަ އަހަރުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.
ވެރިކަމާއި ހަވާލުވެ މިސަރުކާރުން ރަނގަޅު ކުރަން ބުނި ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި އަބަދުވެސް ކުރީގެ ސަރުކާރުގެ ވާހަކައާއި ކުރީގެ ވެރިން ކަންކަން ގޯސްކޮށް ކޮށްފައިވާ ވާހަކަ ތަކުރާރުކޮށް ދައްކަމުން ގެންދާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު