ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު މެސީ
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު މެސީ
ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ފުރަތަމަ މެޗުތަކުން އާޖެންޓީނާ އާއި އުރުގުއޭ ކުރި ހޯދައިފިއެވެ.

ދެކުނު އެމެރިކާ ކޮލިފައިން ގުރޫޕްގައި އާޖެންޓީނާ އާއި އެކުއެޑޯ ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކުރީ އާޖެންޓީނާއެވެ. މެޗުގައި ހަމައެކަނި ލަނޑު، ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ކޮލިފައިން ބުރުގައި ޕެރަގުއާއީ އާއި ޕެރޫ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑު އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ ކުރިހޯދީ ޗިލީއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި އުރުގާއޭގެ ލުއިސް ސުއަރޭޒް ލަނޑެއް ޖަހައި ކުރި ހޯދައިފަވަނިކޮށް ދެވަނަހާފް ފަށައިގެން 8 ވަނަ މިނިޓުގައި އެލްކެސް ސަންޗޭޒް ވަނީ ޗިލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގައި އުރުގުއާއޭ އިން ކުރި ހޯދީ ފަހުވަގުތުގައި ކުޅެން ނުކުތް މެކްސީ ގޯމޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ އިތުރުވަގުތު ތެރޭގައެވެ.

ކޮލިފައިން ބުރުގައި، ފުރަތަމަ މެޗަށް މިރޭ ކޮލަންބިޔާ އާއި ވެނެޒުވޭލާ ނުކުންނަ އިރު ބްރެޒިލް ނުކުންނާނީ ބޮލީވިޔާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން