ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އާޒިމާގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 01:30 އަށެވެ. އާޒިމާގެ މައްޗަށްކުރާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނާ އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލައިގަ އެވެ.

މީގެ އިތުރުން މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކޮށްފައިވަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބީއެމްއެލްއިން ވަކި ގޮތަކަށް ލިޔުން ހޯދައި، އެ ލިޔުން ބޭނުންކޮށްގެން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

މި ދެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކޮށްފައިވަނީ މިދިޔަަ މަހުގެ 27 ވަނަ ދުވަހަށެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންދެވިފައިނުވަނީ އާޒިމާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވަން ޖެހިގެންނެވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން