ރޭ ބްރެޒިލް އާއި ބޮލީވިއާ ބައްދަލުކުރި މެޗްގެ ތެރެއިން
ރޭ ބްރެޒިލް އާއި ބޮލީވިއާ ބައްދަލުކުރި މެޗްގެ ތެރެއިން
ވޯލްޑްކަޕް ކޮލިފައިންގެ ފުރަތަމަ މެޗްގައި ބޮޑު ތަފާތަކުން ބޮލީވިއާގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ބްރެޒިލް ވަނީ ބޮލީވިއާ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. މެޗްގެ ކުރިން ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގައި ނުފެނިދާނެކަމަށް ބެލެވުނު އެޓީމުގެ ތަރި ނޭމާވެސް ވަނީ މެޗުގައި ކުޅެފައެވެ.

ރޭގެ މެޗްގައި ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރިމީނޯ ވަނީ ބްރެޒިލްއަށް 2 ގޯލް ކާމިޔާބް ކޮށްދީފައެވެ. މިމެޗްގައި ބްރެޒިލް އިން ޖެހި އަނެއް 3 ލަނޑު ޖަހައިދިނީ ހޯޒޭ ކަރާސްކޯ، ފިލިޕޭ ކުޓީނިއޯ އަދި މާކީނޯސް އެވެ.

ރޭގެ މެޗުން މޮޅުވެ ލަނޑުގެ ތަފާތުން ބްރެޒިލަށް ވަނީ ތާވަލްގެ އެންމެ ކުރި ލިބިފައެވެ.

މި ގްރޫޕްގައި ރޭ ކޮލަމްބިއާއި، ވެނެޒުއޭލާ ކުޅުނު މެޗް ތިނެއް ސުމެއްގެ ނަތީޖާއަކުން ކޮލަމްބިއާއި ވަނީ މެޗް ކާމިޔަބްކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން