ރާއްޖޭގައި ޢާއްމުކޮށް އުޅޭ ކާޅުތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގައި ޢާއްމުކޮށް އުޅޭ ކާޅުތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ދޮންދީނި ޙިމާޔަތް ކުރުމަށް އައްޑޫ ސިޓީގައި ކާޅު މެރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ގެންދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ދޮންދީނި / ކާޅު ސްޓޭޓަސް އަޕްޑޭޓް ގެ ނަމުގައި ފޭސްބުކް މެދުވެރިކޮށް ހިއްސާ ކުރެއްވި މެސެޖެއްގައި ރޮޒޭނާ ވިދާޅުވީ ޕެސްޓެއްގެ ގޮތުގައި ކާޅު މަރާ ނަމަ ފިޝަރީޒް މިނިސްޓްރީން ހުއްދަ ބޭނުންވާތީ އައްޑޫ ސިޓީ ކައުންސިލުން އެ މިނިސްޓްރީގައި އެ ހުއްދައަށް އެދިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވެފައިވާ ކަމަށެވެ.

އަދި މާދަމާ އެ ހުއްދަ ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަހާ ވަހީދު ދެއްވާފައިވާ ކަމަށާއި އަދި އެގްރިކަލްޗަރުގެ ހުއްދައާއެކު ކައުންސިލުން އެމްއެންޑީއެފްގައި އެދުމުން ކާޅު މަރައިދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ހަފުތާ ނިމެންވާއިރަށް މިކަން ކޮޅެއްގައި ޖެއްސޭނެ ކަމަށް." ރޮޒޭނާ ވިދާޅުވިއެވެ.

އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ އެ އަތޮޅުގެ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ. ރާއްޖޭގައި ދޮންދީނި ވަނީ ހިމާޔަތް ކޮށްފަ އެވެ. ދޮންދީނި އަކީ އައްޑޫގެ ވަރަށް ބޮޑު ފަހުރެކެވެ. ހުދު ކުލައިގެ މި ރީތި ދޫނި އުޅެނީ އައްޑޫ ސިޓީގެ ރަށްތަކާއި ހުވަދޫގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައި އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން