ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކޯވިޑް-19 އާއިއެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އެނގިގެން ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ.

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އާންމު ސިއްޙަތު ކަށަވަރު ކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކަން މަތީ ތިބުން ކަމަށެވެ. އަދި ކޯވިޑް-19 އާއެކު ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމަށެވެ.



ކޯވިޑް-19 އާ ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީފައިވަނީ ސެންޓަރ ފޯރ މެންޓަލް ހެލްތާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ. އެގޮތުން ކޯވިޑް-19އާ ގުޅިގެން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިން 1425 އަށް ގުޅައިގެން 900 ފޯންކޯލާއި 44 ގްރޫޕް ސެޝަނާއެކު 2600 މީހުންނަށް ވަނީ ނަފްސާނީ އެހީ ފޯރުކޮށްދީފައިކަމަށް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުރަބަންދުގައި ތިބެން ޖެހުމާއި އާމްދަނީއާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ނަފުސާނީ މައްސަލަތައް އިތުރުވެގެންދިޔަކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން