ދިވެހި މި ފަސްގަނޑަކީ މިނިވަން ކަމުގެ ވިންދު ޖަހަޖަޙާ އޮންނަ ފަސްގަނޑެއްކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމާދެކޮޅަށް ފާޅުކުރަމުންދާ ޝުޢޫރުތަކުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި ޢުމަރު ނަސީރު ވިދާޅުވީ، ތާރީހުގެ ސަފުހާތައް އުކާލުމުން ދިވެހި ރާއްޖެއަށް ޣައްދާރުވި ދިވެހިންނާއި ގައުމަށްޓަކައި ޖިހާދުވި ބަތަލުން ފެންނަ އިރު ތިލަ ވިސްނުމުގެ ސިޔާސީ ބޭފުޅުންނާއި ގައުމީ ވިސްނުމުގެ ސިޔާސީ ލީޑަރުން ވެސް ފެނިފައިވާ ކަމަށެވެ.
އަދި "އައްޔަކަސް އަނދިރިޔަކަސް މަށަށް ކީއްހޭ ބުނި މީހުނާއި ބޭރު ގައުމެއްގެ ސިފައިން ތިއްބަސް ކީއްހޭ ބުނާ މީހުން" ވެސް ރާއްޖެއިން ފެނިއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.
ހެލިކޮޕްޓަރެއް، ޑޯނިޔާއެއް، ރާޑަރެއް ބެލުމެއްނެތި މި ގައުމުން "އިންޑިޔާ ސިފައިން ނުބާލާނެ ހަމަ އެއްވެސް ގޮތެއް އިރާދަކުރެއްވިއްޔާ ނޯންނާނެ" ކަމަށާއި، މި ފަސްގަޑުން ޖަހަމުންދާ މިނިވަންކަމުގެ ވިންދަކަށް ބަދަލެއް ނާންނަ ކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.
އަުމަރު ވިދާޅުވީ ދިވެހިތާރީހު ހެކި ދޭ ކަމަކީ ދިވެހި ގައުމުގެ މިނިވަން ކަމަށް ބުރޫއަރާ ކޮންމެ ފަހަރަކު، ވެރިންގެ ތިލަ ވިސްނުންތަކާ، ބަނދެވިފައިވާ ވެރިންގެ ބަނދެވުން ތަކަށް ބެލުމެއް ނެތި މި ގައުމުގެ މިނިވަންކަން ދިފާއު ކުރަން ތެދުވާ އެތައް ދިވެހި ދަރިންނެއް މިފަސްގަޑު އުފައްދާފައިވުން ކަމަށެވެ.
އެގޮތުން "މިފަދަ ދަރިންތަކެއް އަނެއްކާވެސް މިއަންނަނީ އުފެދެމުން" ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު މިގޮތަށް ވިދާޅުވެފައިވާއިރު މަޖިލީހުގެ އިދާރާގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން ދިވެހިން ކަންބޮޑުވެގެން ނޫޅޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި އަދި ކުޑަ ޑޯނިޔާ މަތިންދާ ބޯޓު ބަލަހައްޓައި އެތަކެތި އޮޕަރޭޓް ކުރުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި "އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާގައި ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އިންޑިއާއާއި މިހާރުގެ ސަރުކާރުން ބާއްވަމުން ގެންދާ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް އަސަރުތަކެއް ކުރާނެ ކަމަށެވެ.
މިކަމުގެ ރަށްދެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ ބޮޑެތި އެހީތަކުން ހިންގާ ތަރައްގީގެ މަޝްރޫޢުތައް ފެނިފައި އިދިކޮޅު ފަރާތްތަކަށް އެކަންކަން ހަޖަމު ނުވަނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު