ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ހިނގާލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ފުލުހުންގެ އިދާރާއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންތިޚާބުގެ ކުރީ ދުވަހު ބާއްވާ މި ހިނގާލުން ކުރިއަށްގެންދާނެ ރޫޓާއި، ސަލާމަތީ ކަންކަމާ ގުޅޭގޮތުންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ހިނގާލުން ބާއްވާނެ މަގުތަކާއި އެހެނިހެން އިދާރީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. އަދި މި ހަރަކާތް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އެ މުއައްސަސާއިން ދީފައިވާ ކަމަށްވެސް ނާޒިލް ފާހަގަކުރެއްވިއެވެ.
މި ހިނގާލުމުގެ އިތުރުން، އޭޕްރީލް ތިންވަނަ ދުވަހުގެ ރޭ ކުރިއަށްދާނެ ހަރަކާތްތަކާއި، ޖެހިގެން އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ވޯޓުލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވެސް އެމްޑީޕީން ވަނީ ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ އިންތިޚާބުގެ އެންމެ ފަހުގެ ހަރަކާތްތަކާއި ވޯޓުލުން އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަހި މާޙައުލެއް ކަށަވަރުކުރުން ކަމަށް އެ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު