ރާއްޖޭގެ މިނިވަންކަމާއި ޑިމޮކްރަސީ ދިފާޢުކުރުމަށްޓަކައި، ފުރާނަ ދުއްވާލާފައި ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މިޤައުމުގައި ބާއްވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އައްޑޫ ސިޓީގައި ރޭ ބޭއްވި "އުއްމީދެއްގައި އަލުން އައްޑޫ ހުޅުދޫ - މީދޫ ޖަލްސާ"ގައި ވާހަަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލް ޣަފޫރު ވިދާޅުވީ މި ސަރުކާރުން ރިޔާސީ އިންތިޚާބު ފަސްކޮށް، ރިޔާސީ ދައުރު ދަމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމާއި ނަގާ ރެފަރެންޑަމް ވޯޓަށް އިޝާރަތް ކުރަށްވަމުން ޣަފޫރު ވިދާޅުވީ، ރައްޔިތުން އޮޅުވާލައިގެން 2028 ވަނަ އަހަރު އިންތިޚާބު ނުބާއްވައި ވެރިކަން ދަމާލަން ޖަހާ "ޗައްކަރުގައި" ދިވެހި ރައްޔިތުން ނުޖެހޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިނިވަންކަމުން އަޅުވެތިކަމަކަށް ދާން ބޭނުން ނުވާނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް މިދަންނަވަނީ، ރިޔާސީ އިންތިޚާބު ބާއްވާނަމޭ. ކޮންމެ ވޯޓެއް ލިޔަސް، ކޮންމެ ކަމެއް ކުރިޔަސް 2028 ރިޔާސީ އިންތިޚާބު މިޤައުމުގައި ނުބޭއްވޭނެ ގޮތެއް ނުހެދޭނެ. އެއީކީ ކުރެވޭނެ ކަމެއް ނޫން. މިޤައުމުގައި މިތިބަ މިޤައުމުގެ ޑިމޮކްރަސީއަށް ލޯބިކުރާ މީހުން ފުރާނަ ދުއްވާލައިފަ އެ ބަސް އިއްވަން ޖެހޭނީ،" ޣަފޫރު ވިދާޅުވިއެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޣަފޫރު އިތުރަށް ވިދާޅުވީ ސަރުކާރުން ރަށްރަށުގައި މަޝްރޫޢުތައް ހިންގާ ކަމަށް ބުނެ އޮޅުވާލަމުންދާ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ލޯމައްޗަށް ފެންނަން އޮތް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.
"މިރަށުގެ ރައްޔިތުންގެ ކުރިމަތީގައި އަދި ހަމަ ކަޅު އިސްކުރެއްވެސް، ބިމެއްވެސް، ފާރެއްވެސް، ލަކުޑި ބުރިއެއްވެސް މިތާ ޖަހާފައެއް ނެތް. ދެން މި ބޭފުޅުންނަށް މިރަށުގެ ރައްޔިތުންވެސް، ރާއްޖޭގެ އެހެން ރަށެއްގެ ރައްޔިތުންވެސް ވޯޓު ދޭންޖެހޭ ސަބަބެއް ހަމަ އިންސާނީ ބުއްދިއަކަށް ނުވިސްނޭ،" އައްޑޫގައި ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޣަފޫރު ވިދާޅުވީ ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު މާލޭގައި ހުންނަ އޮފީސްތަކަށް އޮވެގެން ނުވާނެ ކަމަށާއި، ރަށްރަށުގެ މިނިވަންކަން ރަށްރަށަށް ދޭންޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށަކީވެސް އެ ރަށެއްގެ ރައްޔިތުންގެ މިލްކިއްޔާތެއް ކަމަށާއި، ރަށަށް ގޮތް ނިންމަންވާނީ އެ ރަށެއްގެ ކައުންސިލުންނާއި ރައްޔިތުން ކަމަށެވެ.
ޣަފޫރު ވަނީ ދަރިންގެ މުސްތަޤްބަލަށްޓަކައި މިހާރު އޮތް "ނުބައި ވެރިކަން" ދެމެހެއްޓުމަށް ފުރުޞަތު ނުދޭނެ ކަމަށް ވިދާޅުވެ އިންތިޚާބު ބޭއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު