ރައީސް ސޯލިހު މިރޭ އައްޑޫގައި: ވިދާޅުވީ ސަރުކާރުން އިތުރު ކުރި ވަޒީފާތަކަށް އެކަނި ވެސް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް -- ފޮޓޯ: އެމްޑީޕީ
ރައީސް ސޯލިހު މިރޭ އައްޑޫގައި: ވިދާޅުވީ ސަރުކާރުން އިތުރު ކުރި ވަޒީފާތަކަށް އެކަނި ވެސް މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް -- ފޮޓޯ: އެމްޑީޕީ
އައްޑޫ ސިޓީގެ ތަރައްގީއަށް އަމާޒުކޮށްގެން އިދިކޮޅު އެމްޑީޕީން އެކުލަވާލާފައިވާ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އަމާޒުކޮށްގެން ތައްޔާރުކުރި މި މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ.

މި މެނިފެސްޓޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މިއީ ހަމައެކަނި ހުވަފެނީ ވާހަކަތަކެއް ނޫން ކަމަށާއި، މީގައި ހިމަނާފައިވަނީ ހާސިލްކުރެވޭނެ ކަންކަން ކަމަށެވެ.

އައްޑޫގެ އަމިއްލަވަންތަކަމާއެކު މިނިވަން އިގްތިސާދެއް ބިނާކުރުމަށް އިސްކަންދީފައިވާ މި މެނިފެސްޓޯގައި، "ބަދަހި، ނޫ ފަހި އައްޑޫ" އެއްގެ ތަސައްވުރު ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައްޑޫއަކީ ދިރިއުޅެން ހިތްފަސޭހަ، ފެހި ތަނަކަށް ހެދުމަށް ގިނަ ރޭވުންތަކެއް މީގައި ހިމަނާފައިވެއެވެ.

ޒުވާނުންގެ ދައުރު ފުޅާކުރުމަށްޓަކައި އަހަރަކު އެއްފަހަރު ޒުވާނުންގެ ފޯރަމެއް ބޭއްވުމާއި، ކައުންސިލްގެ ނިންމުންތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، އައްޑޫގެ އަވަށްތަކުގައި ޖިމްތައް ހިންގުމާއި، ސިންތެޓިކް ދުވާ ޓްރެކެއް އެޅުމާއި، މަގުތަކުގެ ހާލަތު ރަނގަޅުކުރުން ފަދަ އާންމުންނާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް މި މެނިފެސްޓޯގައި ހިމެނޭކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު