ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މި ދަތުރުފުޅަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރަސްމީ ދަތުރުފުޅެކެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުންނެވެ.

މިގޮތުން ފުވައްމުލަކަށް ކުރެއްވި މި ދަތުރުފުޅުގައި ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ހިއްސާކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.



ކިޔުންތެރިންގެ ހިޔާލު