އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަޒީފާގެ ބިރުދައްކައިގެން ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން އުޅޭ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، ޖަލު ގޮޅިއަށް ފޮނުވާލާނެ ކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ދެއްވައިފިއެވެ.
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ވަޒީފާގެ ބިރުދައްކާ މީހުން ތިބެންޖެހޭ ތަނަކީ ޖަލުގެ ކުޑަގޮޅި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ބިރުދެއްކި ކޮންމެ މީހެއްގެ މައްޗަށް ގާނޫނުގެ ދިގު އަތް ފޯރާނެ ކަމުގެ ޔަގީންކަން ޣަފޫރު ދެއްވިއެވެ.
"ބިރެއް ގަންނާނެ ކަމެއްނެތް! ވަޒީފާގެ ބިރުދެއްކި ކޮންމެ މީހަކު އިންސާފު ކުރިމައްޗަށް ހާޒިރުކޮށް ގޮޅިއަށް ކަނޑާލާނަން. ސީދާ ގޮޅިއަށް ކަނޑާލާނަން. އެންމެން ނިކުމެ އެމްޑީޕީ އަށް ވޯޓު އަޅަންވީ،" މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވާލައިގެން އުޅޭ "ވަގުންނަށް" ދެން މި ގައުމުގައި ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ޑްރޯން ގަނެ، 120 މިލިއަން ރުފިޔާ ދީގެން ކާރު ގަނެގެން އުޅެނީ ގައުމު ފަސާދަކޮށް ވައްކަމުގެ ހާއްޔަކަށް ހަދާފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެެވެ.
ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ތެޔޮ ނުގަނެވިގެން އުޅެނީ ތެޔޮ އަގުބޮޑުވެގެން ނޫން ކަމަށާއި، އެއީ ސަރުކާރުގައި ފައިސާ ނެތުމުން ދިމާވާ ކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ހިދުމަތްތައް ދެމުންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުވައްމުލަކުގެ ތަރައްގީއަށް އެމްޑީޕީން ކޮށްދީފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޣަފޫރު ވިދާޅުވީ އެ ރަށުގައި އެއާޕޯޓު އަޅައި، މަގުތައް ހަދައި، ފެނާއި ނަރުދަމާ ގާއިމުކުރީ އެމްޑީޕީން ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ރަށަށް ކޮށްދިން އެއްވެސް ކަމެއް ނެތްއިރު،
މި ސަރުކާރަށް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލް އިންތިޚާބާއި އެކު ނަގާ ރިފަރެންޑަމް އަށް އިޝާރަތް ކުރަށްވަމުން ޣަފޫރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ވެރިކަން ދަމަހައްޓަން ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި، މިއީ "ގައްދާރުންގެ" އަތުން ގައުމު ސަލާމަތް ކުރަންޖެހޭ ވަގުތު ކަމަށެވެ. އެހެންކަމުން، އެއްވެސް ރައްޔިތަކު މި ސަރުކާރަށް ވޯޓު ނުދިނުމަށާއި، އިންތިޚާބުގައި ނޫނެކޭ ބުނުމަށް ޣަފޫރު ގޮވާލެއްވިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ.
އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ އެކި މުއައްސަސާތަކާއި، ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަކީ އާންމުކޮށް ފާހަގަކުރެވޭ ކަމެކެވެ. ނަމަވެސް، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މީގެ އިތުރުން، މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕީ.އެން.ސީ އަށް ތާއިދު ނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދެއްކުމާއި، އިދިކޮޅު އެމް.ޑީ.ޕީ އަށް ތާއިދުކުރާ މުވައްޒަފުން މަސައްކަތް ކުރާ ރަށް ނޫން އެހެން ރަށްރަށައް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެމް.ޑީ.ޕީން ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު