އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޙައްޤުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޒިންމާދާރު ފިޔަވަޅުތަކެއް އަޅާފައިވާތަން ފެނިވަޑައި ނުގަންނަވާ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އުދުހުމުގެ ތަމްރީން ނުދޭ މައްސަލާގައި، އަވަސް ހައްލެއް ހޯދައިދޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވުމާ ގުޅިގެން މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މިހާތަނަށް މިމައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ވާކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
"އައްޑޫ ސިޓީ ގަމުގައި ހުއްނަ ފުލައިން ސްކޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ލިބެންޖެހޭ އުދުހުމުގެ ތަމްރީނު ނުދޭމައްސަލަ ހައްލުކުރުމަށް، މިހާތަނަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޒިންމާދާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަކަށް ނުފެނޭ." މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
އައްޑޫ ފްލައިން ސްކޫލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރެއްވި މެސެޖުގެ ޖަވާބުގައި ޑރ.އިބްރާހިމް ހަސަން ވިދާޅުވީ އެމައްސަލާގައި އައްޑޫ ފްލައިން ސުކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެކިގޮތްގޮތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެކަން ހައްލު ކުރުމަށް އެދިފައިވާއިރު، ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސުކޫލާއި ހިއްސާކޮށް އެކަންކަން ހައްލު ކޮށްދިނުމަށް އައްޑޫ ފްލައިން ސުކޫލުގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެ ސުކޫލާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ސަރުކާރުގެ އެދުމުގެ މަތިން، ތަނުގެ ޖާގައަށްވުރެ އިތުރަށް ދަރިވަރުން ނެގި ކަމަށް ބުނެ ޖަވާބުދީފައިވާ ކަމަށާއި، އަދި ކޯސް ފުރިހަމަ ކުރުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ޝަކުވާ ތަކެއް ލިބުމުން އެ ފަރާތުން ދިން މައުލޫމާތުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭތީ އެކަމާއި ގުޅުން ހުރި ލިޔުންތައް ހުށައެޅުމަށް އެދިފައިވާ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގަމުގައި ހުއްނަ ފުލައިން ސްކޫލު ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ލިބެންޖެހޭ އުދުހުމުގެ ތަމްރީނު ނުދޭމައްސަލަ ހައްލުކުރުމަށް، މިހާތަނަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ޒިންމާދާރު ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަކަށް ނުފެނޭ! https://t.co/6SYQETyj7f
— Ahmed Rasheed MDP (@AraairuRasheed) October 11, 2020
އައްޑޫ ފްލައިން ސްކޫލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރެއްވި މެސެޖުގެ ޖަވާބުގައި ޑރ.އިބްރާހިމް ހަސަން ވިދާޅުވީ އެމައްސަލާގައި އައްޑޫ ފްލައިން ސުކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެކިގޮތްގޮތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެކަން ހައްލު ކުރުމަށް އެދިފައިވާއިރު، ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސުކޫލާއި ހިއްސާކޮށް އެކަންކަން ހައްލު ކޮށްދިނުމަށް އައްޑޫ ފްލައިން ސުކޫލުގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެ ސުކޫލާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ސަރުކާރުގެ އެދުމުގެ މަތިން، ތަނުގެ ޖާގައަށްވުރެ އިތުރަށް ދަރިވަރުން ނެގި ކަމަށް ބުނެ ޖަވާބުދީފައިވާ ކަމަށާއި، އަދި ކޯސް ފުރިހަމަ ކުރުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ބުނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ޝަކުވާ ތަކެއް ލިބުމުން އެ ފަރާތުން ދިން މައުލޫމާތުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭތީ އެކަމާއި ގުޅުން ހުރި ލިޔުންތައް ހުށައެޅުމަށް އެދިފައިވާ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު