ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ގޮވާލައްވައިފިއެވެ.
އެމްޑީޕީން ބޭއްވި ޕިކަޕް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ވޯޓު ކަރުދާސްކޮޅުގައިވާ "ނޫނެކޭ" އޮތް ދިމާލުގައި ރައްޔިތުން ހެޔޮފާހަގަ ޖަހަންޖެހޭ ކަމަށެވެ.
އިހުސާންގެ ވާހަކަފުޅުގައި ގާނޫނުއަސާސީއަށް ގެންނަ ކޮންމެ ބަދަލަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން، ވޯޓުލެވޭ އުމުރު 18 އަހަރަށް ބަދަލުކުރުމަށް ކުރި އުނދަގޫ މަސައްކަތްތަކާއި، އެކަމުގައި ރައްޔިތުން އުފުލި ތަކުލީފުތައް އޭނާ ހަނދާންކޮށްދެއްވިއެވެ.
"ގާނޫނުއަސާސީގެ އަކުރަކަށް ނުވަތަ ލަފްޒަކަށް ގެންނަ ކޮންމެ ބަދަލަކީ އޭގެ ސަބަބުން ނުހަނު ގިނަ ކަންތައްތަކެއް ބަދަލުވެގެންދާ ކަމެއް،" އިހުސާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ގެންނަން އުޅޭ ބަދަލުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާނަމަ، އެކަމަށް އޮތް ހަމައެކަނި ޖަވާބަކީ "ނޫނެކޭ" ބުނުން ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އިހުސާން ވިދާޅުވީ، ވެރިކަމުގެ ބާރު ލިބުމުން ކިބުރުވެރިކަން އިސްކޮށް، ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން މި ސަރުކާރުން ފުނޑާލަމުންދާ ކަމަށެވެ. ހާއްސަކޮށް، ތެލުގެ އަގު ބޮޑުވުމާއި، ޓެކްސީ ޑްރައިވަރުންނާއި ކުދި ވިޔަފާރިވެރިންގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ރަށްރަށުގައި ކައުންސިލްތަކުން ކުރާ ކުދިކުދި އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ހަވާލުކުރަމުންދާތީ، އާންމު ރައްޔިތުންގެ އާމްދަނީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިހުސާން އިންޒާރު ދެއްވި ގޮތުގައި، މި ވޯޓުން ސަރުކާރަށް އިތުރު ބާރުތަކެއް ދީފިނަމަ، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު ފަދަ ތަންތަނުގައި އާންމު ރައްޔިތުން ހިންގާ ގޮޅިތައްވެސް ދައުލަތުގެ ކުންފުނިތަކުގެ ދަށަށް ގެންދާނެއެވެ.
"މިހާރުވެސް އެ ކުންފުނި އުފެއްދުމުގެ މަޝްވަރާތައް ދަނީ ކުރިއަށް."
އޭޕްރީލް 4 ގައި 'ނޫނެކޭ' ނުބުނެފިނަމަ، ތިޔަބޭފުޅުންގެ ވިޔަފާރިތައްވެސް ފުނޑާލާނެ،" އިހުސާން ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ހައްގުގައި މި ބަދަލަށް ދެކޮޅު ހެދުމަށް އޭނާ ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު